ބިން ހެލުމަށްފަހު މަންމައާއި ބައްދަލުވި ވަގުތުކޮޅު އެތައް އިހުސާސްތަކެއް!

ތުރުކީ އާއި ސީރިއާއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމާއެކު ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަމުން އަންނައިރު ލޮލުން ކަރުނަ ހިލުވާލާ އެތައް މަންޒަރު ތަކެއް ދަނީ ފެންނަމުންނެވެ. މިގޮތުން ބިންހެލުމަށްފަހު އުމުރުން 8 އަހަރުގެ ކުއްޖަކު ސަލާމަތް ކޮށް އެކުއްޖާގެ މަންމައާއި ހަމައަށް ގެންދިޔަ ވަގުތުގެ ފޮޓޯތަކެއް މިހާރު ވަނީ ވައިރަލް ވެފައެވެ.

ޔީގިޓް ކަކްމަކް ސަލާމަތްކޮށްގެން މަންމަގާތަށް ގެންދަނީ
މިފޮޓޯތަކަކީ ތުރުކީގެ ހަޓޭއަށް އައި ފުރަތަމަ ބިންހެލުމުގެ 52 ގަޑިއިރު ފަހުން، އުމުރުން 8 އަހަރުގެ ޔީގިޓް ކަކްމަކް، އިމަޖެންސީ ގައި މަސައްކަތްކުރާ މުވައްޒަފުން ކުނިތަކުން ނެގި މަންޒަރު ފެނިގެން ދިޔަ ފޮޓޯތަކެކެވެ. ގެޓީ ފޮޓޯގްރާފަރު ބުރާކް ކަރާ ވަނީ ވެއްޓުނު އިމާރާތުން ކަކްމަކް މިނިވަންވުމުން އޭނާގެ ފޮޓޯތައް ނަގާފަ އެވެ. ކުނިތަކުގެ މަތިން މީހުން ސަލާމަތް ކުރާމީހުންގެ އަތް މަތިން އެކުއްޖާގެ މަންމަ އަތަށް ލިބުނު ވަގުތުކޮޅު ވެގެން ދިޔައީ ލޮލުން ކަރުނަ ހިލުނު އެހާމެ އަސަރު ގަދަ ވަގުތު ކޮޅަކަށެވެ. ޔީގިޓް ވަނީ އޭނާގެ މަންމަ ފެނުނު ހިނދު މަންމަ ގައިގަ ވަރަށް ބާރަށް ބައްދާލާފައެވެ.

ޔީގިޓް ކަކްމަކް ސަލާމަތް ކުރަނީ
ތުރުކީ އަދި ސީރިއާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 11،000އިން މައްޗަށް އަަރައިފައިވާއިރު މި ބިންހެލުމާ ގުޅިގެން ތުރުކީން މަރުވި ކަމަށް ރިޕޯޓް ކޮށްފައިވަނީ، 8،574 މީހުންނެވެ. އަދި ސީރިއާއިން 2،530 މީހުން ވަނީ މަރުވެފައެވެ.
ބިންހެލުމުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުން މީހުން ސަލާމަތް ކުރުމަށް ސަރޗް އެންޑް ރިކަވަރީ އޮޕަރޭޝަންތަކުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދިނުމާއެކު، މީހުން ސަލާމަތްކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ކާރިސާގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމުގެ އިންޒާރު އެޖެންސީތަކުން ވަނީ ދީފަ އެވެ.
ދެންމެ ދިރިހުރި ފުރާނައެއް ސަލާމަތްވެއްޖެ
މިއީ މުއުޖިޒާތެއް
65 ގަޑިއިރުވަންދެން ވެއްޓިފައިވާ އިމާރާތުގެ ދަށުން ސަލާމްތްވި މުސްލިމު އަޚެއް.