މެދުއިރުމަތި ދުނިޔެ

ޓެންޓެއް، އެހީއެއް، އެއްވެސް އެއްޗެއް ނެތް ބިންހެލުމުގައި ސީރިއާއަށް އެހީ ނުލިބި ހާލުގައި ޖެހެނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސީރިއާ އާއި ތުރުކީއަށް މިދިޔަ ހަފުތާގައި 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އަދި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެހީ ދޭ ޖަމާއަތްތަކާއި ގައުމުތަކުގެ އެހީތައް އެދެގައުމަށް ފޯރުކޮށް ދިނުމަށް އަވަސްވެގަތް ނަމަވެސް ދާހިލީ ހަމަނުޖެހުން ގަނޑު ބޮޑުވެފައިވާ ސީރިއާއަށް އެހީ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ސީރިއާއަށް ބިންހެލުމުގެ އަސަރު ކުރި ސަރަހައްދަކީވެސް ދާހިލީ ހަމަނުޖެހުންތައް ބޮޑުވެފައިވާ ސަރަހައްދަކަށްވާއިރު އެސަހަރައްދުގައި ތިބި މީހުންނަކީ މީގެ ކުރިންވެސް ހަނގުރާމައިގެ ސީދާ އަސަރުކޮށް ވަރަށް ހާލުގައި ދިރިއުޅެމުންދާ ބަޔަކު އުޅޭ ސަރަހައްދެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިތަނުގައި ދިރިއުޅޭ މީހުން ނަކީ އެގައުމުގައި ޒަމާނުއްސުރެ ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނެވެ. އަދި މިމަހު އައި ބިންހެލުމުގެ ސީދާއަސަރުކޮށް އެމީހުންގެ ގެދޮރު ގެއްލި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތް ނަމަވެސް އެމީހުންނަށް އެހީ ދިނުމުގައި އެހީދޭ ފަރާތްތަކަށް ދަނީ ބުނަމުންނެވެ.

ތުރުކީގެ ދެކުނުގައި ހެވީ ލިފްޓިން ގިޔަރާއި ޕެރަމެޑިކްސް އަދި ސްނިފަރ ކުއްތާތަކާއެކު އެތައް ހާސް ރެސްކިއު ވޯކަރުން ދަނީ އިމާރާތްތަކުގައި ތާށިވީ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ. އެހެންނަމަވެސް ސީރިއާގައި ހުޅަނގު އުތުރުގެ މި ސަރަހައްދުގައި މިއިން އެއްވެސް ކަމެއް ހިނގަމުން ނުދެއެވެ.

ސީރިއަން ސިވިލް ޑިފެންސް ފޯސް ނުވަތަ ވައިޓް ހެލްމެޓްސްގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އެސަރަހައްދުތަކުގައި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޕިކަކްސް އާއި ކްރޯބާ ބޭނުންކޮށްގެންނެވެ. މީހުން ސަލާމަތް ކުރުމަށް އެމީހުންނަށް ޒަމާނީ އެއްވެސް އެއްޗެއް ލިބިފައިނުވާކަމަށް އެމީހުން ވަނީ ފާހަގަކޮށްފައެވެ.

ސީރިއާގެ ރައްޔިތެއް ކަމުގައިވާ އަބޫ އާލާ ބުނި ގޮތުގައި ބިންހެލުމުގައި އޭނާގެ ގޭ ވެއްޓި ދެދަރިން ވަނީ މަރުވެފައެވެ.

"ބިންހެލުން އައި ވަގުތު އަހަންނާއި އަހަރެންގެ އަންހެނުންނާއި ދަރިން ތިބީ ނިދާފައި. ބިންހެލުމާއެކު ގޭވެއްޓި އަންހެން ދަރިފުޅުގެ ކޮޓަރި ހުންނާނީ ބެލްކަންޏާއި ގާތުގައި ފަހުން ބުލްޑޯޒަރުން ކުރި މަސައްކަތުން އޭނާ ފެނުނީ.. އަހަރެން އެދަރިފުޅު ނަގައިގެން ގޮސް ވަޅުލީ" ރޮމުން ރޮމުން އަބޫ އާލާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބިންހެލުމަށްފަހު އާފްޓަރޝޮކްތައް އައި އިރު އަނދިރީގެ ތެރޭގައި އޭނާއާއި އޭނާގެ އަނބިމީހާ ތިބީ ޒައިތޫނި ގަސްތަކުގައި ހިފަހައްޓައިގެން ބޭރުގައެވެ.

"13 އަހަރުގެ ފިރިހެން ދަރިފުޅު ހޯދުމަށް ޖެހިގެން އައި ދުވަހުގެ ހަވީރު ވަންދެން އަހަރެން އެތަން ކޮނުނިން. އޭނާ ފެނުނީ އެތާގެ ވަރަށް އަޑިން" ރޮމުން ރޮމުން އަލާ ބުނިގޮތުގައި އެކުއްޖާ ވަޅުލީވެސް އަނެއް ދަރިފުޅު ގާތުގައެވެ.

ބިންހެލުމަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު ސީރިއާގައި ހާލުގައި ޖެހިފައިވާ އެތައްހާސް މީހަކަށް އިންސާނީ އެހީއަށް ވަނީ ބޭނުންޖެހިފައެވެ. އެހެންނަމަވެސް އެހީ ދިނުމުގައި ވަނީ ދަތިތަކެއް ދަނީ ކުރިމަތިވަމުން އަންނާތީ އެހީ ދިނުމަށް ދަނީ ބޮޑެތިދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.

Ads by Ooredoo
  1. ކޮންދަތިކަމެއްހޭ ކުރިމަތިވަނީ. އެއެއް ނޭގުނު