ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލި ފުރުސަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 އިން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށް ކޮމިޓީން ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. މި ފަހަރުގެ އިންތިޚާބަށް 8،000 އޮފިޝަލުން ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ކުރިން ވިދާޅުވެފައިވެއެވެ.

މި އަހަރު ބޭއްވުމަށް ހަަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 30އަށް ވުރެ ގިނަ މީހުން ވޯޓުލާ ރިސޯޓްތަކުގައިވެސް ފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!