ޖޭޕީގެ ނިންމުމާއެކު ސިޔާސީ ކުޅިބައި އަލުން އަތުރަން ޖެހިފައި
- 2023 ގެ އިންތިހާބުގެ ދެވަނަ ބުރަށް ގާސިމް ދިޔުމުގެ ފުރުސަތު ބޮޑު
- އެމްޑީޕީއަށް އެއްބުރުން އިންތިހާބު ކާމިޔާބު ނުވެދާނެ ކަމުގެ ބިރު އެބަ އޮތް
- ރައީސް ނަޝީދާއި ޕީޕީއެމްގެ ނިންމުން ވަރަށް މުހިންމު
މީގެ ގާތްގަނޑަކަށް ހަތް މަސް ފަހުން އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުކުރާ ސިޔާސީ ކުޅިބައި މީގެ އަހަރެއްހައި ދުވަސް ކުރިން އަތުރަން ފަށައިފި އެވެ. ފަހަރަކު އެއްޗެއް އެ އެއްޗެއްގެ މަޤާމަށް ދަމުން ގޮސް މިވޭތުވެދިޔަ ދެތިން މަހެއްގެ ތެރޭގައި ސިޔާސީ މޭޒު އެވަނީ މުޅިންހެން ތައްޔާރުވެފަ އެވެ. އެހެންނަމަވެސް މުޅިން އެތުރި ނިމެން އަދިވެސް ދުވަސް ނަގާނެ އެވެ.
އެއް ކަމެއް މިހާރު ޔަޤީން ވެއްޖެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަފި ވެއްޖެ އެވެ. އެއްކޮޅުގައި ހުންނެވީ ވެރިކަމުގެ ހުރިހައި ބާރެއް މުށުތެރޭގައި އޮންނެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. އަނެއްކޮޅުގައި ހުންނެވީ އެންމެ މަޤުބޫލު ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ތާއީދު ބޮޑީ ކޮން ރައީސަކަށްކަން ދަންނަވަން ދައްޗެވެ. ސަބަބަކީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި ވޯޓު ލީ 94،000 މެމްބަރުންގެ ތެރެއިން 40،000 އެއްހާ މެމްބަރުންގެ ބައިވެރިވުމެއް ނެތި ޕްރައިމަރީއެއް ބާއްވައި 61 އިންސައްތައިގެ ނަތީޖާއަކުން ރައީސް ޞާލިހު ކުރި ހޯއްދެވުމެވެ. އެ 40،000 މެމްބަރުންގެ ބައިވެރިވުމާއިއެކު އިންތިޚާބެއް ބާއްވައިފިނަމަ ނިކުންނާނެ ނަތީޖާ ތަފާތުވުމުގެ ފުރުސަތު އެބަ އޮތެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އާދަޔާ ޚިލާފު އިންތިހާބެކެވެ. ގިނަ ލީޑަރުންތަކެއް ބައިއަތު ހިއްޕަވައި ބޭއްވި އިންތިޚާބުގެ ނަތީޖާއިން ފެނުނީ މާ "އެކިއުރޭޓް" ނަތީޖާއެއް ނޫނެވެ. އެހެންނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ ލީޑަރުންގެ އަސްލު މަޤުބޫލުކަން ފެނިގެންދިޔަ ބުރެކެވެ.
މި ނަތީޖާއަށް ބަލާއިރު ރައީސް ނަޝީދަކީ ރާއްޖޭގައި ހުންނެވި އެންމެ މަޤުބޫލު ރައީސްކަން ކަށަވަރުވެ އެވެ. މީގެ 10 އަހަރު ކުރިން ހަމަ ގައިމުހެވެ. މިހާރު ހާލަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
ނަތީޖާއިން ފެނުނު އެހެން ހަޤީޤަތެއްވެސް އެބަ އޮތެވެ. ޖުމްހޫރީ ޕާޓީއަށް ނުވަތަ ޤާސިމް އިބްރާހީމަށް އޮތް ތާއީދެވެ. ގާސިމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި "ގޭމް ޗޭންޖާ" އެކެވެ. އެމަނިކުފާނުގެ އެހީތެރިކަަމާއި ނުލައި މިހާތަނަށްވެސް ރާއްޖޭގެ ވެރިކަމަށް ބޭފުޅަކު އިސް ނުވެ އެވެ. އެއީ ޤާސިމަށް އޮތް ވަރަށް ބޮޑު ބާރެކެވެ. މިއަދުވެސް ހަގީގަތަކީ މިއީ އެވެ. އެއްކޮޅާއި އިދިކޮޅު ނަގާފައި ތިންވަނައަށް އެންމެ މެމްބަރުން ގިނައީ އަދިވެސް ޤާސިމްގެ ފަހަތްޕުޅުގަ އެވެ.
ރިޔާސީ އިންތިޚާބުގެ ވާހަކަ ދެކެވެން ފެށީއްސުރެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތަކުރާރު ކުރައްވާ އެއް ވާހަކައެއް އެބަ އޮތެވެ. އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ވިދާޅުވާ ވާހަކަ އެވެ. އެއީ ހަޤީޤަތްކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ ގާތްގަނޑަކަށް 50،000 އެވެ. އެއީ ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ގާތްގަނޑަކަށް 18 ވަރަކަށް އިންސައްތަ އެވެ. އެމްޑީޕީއަކީ އެންމެ މަޤުބޫލު ޕާޓީ އެވެ. ސިޔާސީ މަސްރަހު މިހާރު އޮތް ގޮތަށް ބަލާއިރު އެމެމްބަރުންގެ ތެރެއިންވެސް ރައީސް ޞާލިހަށް ލިބިވަޑައިގަންނަވާނީ 30،000 އެއްހާ ވޯޓެވެ. މިއީ ޖުމްލަ ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ވަރަށް މަދު އިންސައްތަ އެކެވެ.
ދެން އޮތީ ކޯލިޝަންގެ ވާހަކަ އެވެ. ރިޔާސީ ނިޒާމާއި މުޅިން ބީރައްޓެހި އިއްތިހާދުގެ އުސޫލަކީ ރާއްޖޭގައި އަށަގެންފައި އޮތް އުސޫލެކެވެ. ރައީސް ޞާލިހު ކުރައްވަމުން ގެންދަވާ މިމަސައްކަތުގެ ތެރެއިން މިހައިތަނަށް އެއްބަސްވުމަކަށް ވަޑައިގެންނެވުނީ ދެ ޕާޓީއަކާއިއެކު އެވެ. އެއީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ. މި ދެޕާޓީގެ މެމްބަރުން އެއްކޮށްލައިގެންވެސް ވަނީ 21،000 އެއްހާ މެމްބަރުންނެވެ. އެހެންކަމުން މިހާރު ރައީސް ޞާލިހާއިއެކު އޮތް ކޯލިޝަންގެ ތެރެއިން އިންތިހާބެއްގައި އެންމެ ގިނަވެގެންވެސް ލިބޭނީ 60،000 އެއްހާ ވޯޓެވެ. މިއީ ޖުމްލަ ވޯޓު ލެވޭ މީހުންގެ 40 އިންސައްތައަށްވުރެއްވެސް ކުޑަ އަދަދެކެވެ.
ޖުމްހޫރީ ޕާޓީ މުހިންމުވާ ހިސާބު މިއޮތީ އައިސްފަ އެވެ. އެމްޑީޕީއަށް މަދުވާ 10 އިންސައްތަ ވޯޓަކީ ޤާސިމް މެދުވެރިއެއްގެ ގޮތުގައި ހުންނަވައި ލިބޭނެ ވޯޓެވެ. ޤާސިމް ވަކިން ވާދަކުރައްވާނަމަ، ގިނިކަންޏާއި ހުންނަވައިގެންވެސް ރައީސް ޞާލިހާއި ދާދި އެއްވަރަކަށް ވޯޓު ހޯއްދެވިދާނެ އެވެ. އެމަނިކުފާނާއިއެކު އޮތް ޓީމަކީވެސް ތަޖުރިބާ އޮތް ޓީމެކެވެ. އިންތިޚާބުތަކަށް ފަރިތަ ޓީމެކެވެ.
ރައީސް ނަޝީދު ކުރައްވަމުން ގެންދަވަނީ މުޅިން އެހެން މަސައްކަތެކެވެ. ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ އެތެރެއިން އާ ފިކުރެއް އުފަން ކުރުވަނީ އެވެ. ނުވަތަ އެންމެ ކުރީއްސުރެއް އެމްޑީޕީގައި އޮތް ފިކުރު ދިރުވަނީ އެވެ. އަޑުތައް ފެތުރޭ ގޮތުންނަމަ 50،000 އަށްވުރެއް ގިނަ ބޭފުޅުން މި ފިކުރާއި މިހާރު ގުޅިއްޖެ އެވެ. އެހެން ވެއްޖެނަމަ ރައީސް ޞާލިހުގެ ކޯލިޝަނަށްވުރެއް ރައީސް ނަޝީދަށް ގިނަ ވޯޓު ނެންގެވިދާނެ އެވެ.
ރައީސް ނަޝީދު ޖޭޕީއާއިއެކު ކޯލިޝަން ހައްދަވައިފާނެ ކަމުގެ ވާހަކަތަކެއްވެސް ދަނީ ދެކެވެމުންނެވެ. މިހެން ވެއްޖެނަމަ ޤާސިމަށް މިއީ ރަނުގެ ފުރުސަތެކެވެ. އެމަނިކުފާނަށް ވެރިކަން ލިބުމުގެ ފުރުސަތު މިހާ ހިސާބުން ވަރަށް ބޮޑަށްވެސް ފަހިވީ އެވެ.
އިދިކޮޅު ލީޑަރު ހުންނެވީ ޖަލު ބަންދުގަ އެވެ. ފަހު ވަގުތާ ހަމައަށްވެސް އިދިކޮޅުގެ އުއްމީދަކީ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމެވެ. އެހެންނަމަވެސް އަދި މިކަމުގައި މާބޮޑު ކުރިމަގެއް ފެންނާކަށް ނެތެވެ. އެހެންކަމުން އިދިކޮޅުގެ ސިޔާސީ ހަރަކާތްތައްވެސް އޮތީ ވަރަށް ބޮޑަށް ވަނދުވެފަ އެވެ.
މިފަހަރުގެ އިންތިޚާބުގައި ގާސިމް ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ކުރިއަށްވުރެއް ބޮޑެވެ. އެމްއެންޕީ އާއި އެމްއާރުއެމްއަކީ އެންމެ ތާއީދު ކުޑަ ދެޕާޓީ އެވެ. އެހެންކަމުން މި ޕާޓީތައް އިންތިޚާބުގައި ވާދަ ކުރިއަސް މާބޮޑު ބަދަލެއް ނާންނާނެ އެވެ.
ޖޭޕީން ރޭ ނިންމައިފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް ވަކިން ވާދަކުރައްވަން ލަފާ އަރުވާށެވެ. ތަނަވަސް އަގުލަބިއްޔަތުން ފާސްކުރީ ޖޭޕީ އިސްވެ އޮވެ ކޯލިޝަން ހެދުމަށެވެ. މިއީ ރައީސް ޞާލިހަށް ސިޔާސީ ގޮތުން ކުރިމަތިވާނެ ވަރަށް ބޮޑު "ޑެމޭޖެކެވެ". ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމުގައި ރައީސް ޞާލިހަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުންވެސް މެ އެވެ.
ޖޭޕީގެ އަސާސީ ޤަވާއިދު ބުނާ ގޮތުން ކޮންގްރެސްއިން ފާސްކުރާ މިފަދަ ޤަރާރަކަށް އަމަލު ކުރާނީ ޕާޓީގެ ކައުންސިލުން އެކަމަށް އެއްބަސްވާނަމަ އެވެ. އެހެންކަމުން ބޮޑު ނިންމުން ކަށަވަރުވާން އަދިވެސް ދުވަސްކޮޅެއް އެބަ އޮތެވެ.
ކޮންމެއަކަސް ޖޭޕީގެ ބޮޑު ނިންމުމަކީ ރާއްޖޭގެ މުޅި ސިޔާސީ ދާއިރާ އެފުށް މިފުށަށް ޖެހިގެންދިޔަ ނިންމުމެކެވެ. މިނިންމުމާއިއެކު ރައީސް ޞާލިހަށް އާ ފޯމިއުލާއެއް ހޯދަން މަޖުބޫރުވީ އެވެ. ހުރިހައި ކުދި ޕާޓީއެއް އެއްތަން ކުރިޔަސް ޤާސިމަށް އޮތް ފުރުސަތު ވަރަށްވެސް ފަހިވީ އެވެ. ރައީސް ނަޝީދު ކުރިއަށް ކުޅުއްވާ ކުޅިއަކުން ޤާސިމަށް މިފަހަރު އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ ކިހައި މިންވަރަކަށްކަން ދެންނެވިދާނެ އެވެ.
މިހާރު ނޫހަށް ސަރުކާރުން ކަޓް ދީގެން ޖޭޕީ އާއި އެމްޑީޕީ ނުގުޅޭތީވެ ޖޭޕީ ފުނޑާލަން ވެގެން ހަސަދަ ވެރިކަން އިތުރުވާ ގޮތަށް މިހާރު ނޫހުގައި ހަރާމްކޯރު ނޫސްވެރިން ރޯބުހުތާނު ހަދައިގެން ލިޔެ ހަސަދަ ވެރިކަން ކުރިއަށް ނެެރޭތީވެ ރިޔާސީ އިންތިޚާބުގެ ކުރިން ޖޭޕީން މިހާރު ނޫސް ބޮއިކޮޓް ކުރަން މަމެން ގޮވާލަމޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ އެއީ ބޮޑެތި ވަގުން ނޫސްވެރިންގެ ނަމުގައި އުޅެނީ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ
ތިޔައީ ގޭތެރޭގެ ޕާޓީއެއް އެމީހުން މިފަހަރު ކޭޝް ފްލޯ ކައިރި މީހުންގެ އަތްމައްޗަށް ދޫނުކުރާނެ އަދި އަމިއްލަ އަށް ވާދަވެސް ނުކުރާނެ ވާދަކޮށްފިއްޔާ ކޮންގްރެސް މީހުންގެ އަމާޒަކީ ގާސީމު ފެލާލުން ކަން އޭނާއަށް އެގޭނެ މާރަނގަޅަށްވެސް ވީމާ ތިޔަ ނިންމުނަކީ ލަފައެއް ކަމުގައި ބަލައި އިބޫއާއެކު ކޯލިޝަންހެދުމަށް ކައުންސިލުން ފާސްކުރާނެ އަދި ގާސިމު އަމަލުކުރާނީ ނަހުލާ ބުނާ ގޮތަށް