ޚަބަރު ސިޔާސީ

އިންތިހާބާއި ގުޅޭ ނިންމުންތައް ނިންމަން ބާއްވާ ޖޭޕީގެ ފުރަތަމަ ކައުންސިލް ބައްދަލުވުން މާދަމާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމަން ބާއްވާ ކައުންސިލް މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މާދަމާއަށް ތާވަލުކޮށްފި އެވެ.

Ads by Hajj Corporation

މާދަމާގެ ބައްދަލުވުމަކީ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންގްރެސްއިން އަލަށް އިންތިހާބު ކުރި ކައުންސިލް މެމްބަރުންނާއިއެކު ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. މާދަމާ މެންދުރުފަހު 2:00 ގައި މ. ކުނޫޒުގައި ބާއްވާ މި ބައްދަލުވުން މީޑިއާތަކަށް ސިއްރުކުރަން ވަނީ ނިންމައިފަ އެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާތައް މާދަމާގެ ބައްދަލުވުމުގައި ކުރިއަށް ގެންދާނެކަމަށް ބެލެވުނު ނަމަވެސް އެޖެންޑާގައި ކޮންގްރެސްގެ ނިންމުމާއިމެދު ވާހަކަ ދައްކަން ހިމަނައިފައެއް ނުވެ އެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ބައެއް ކޮމިޓީތަކުގެ އިންތިހާބަށް ހުޅުވާލުމާއި މަގާމްތަކަކަށް މެންބަރުން އައްޔަން ކުރުމާ މެދު ގޮތެއް ނިންމުމެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ މައްސަލައެއް އެޖެންޑާގައި ހިމަނާފައި ނުވި ނަމަވެސް "އެހެނިހެން" ގެ ދަށުން އައިޓަމެއް ހިމަނާފައިވެ އެވެ. އޭގެ ދަށުން އެ ގަރާރާ މެދުގައި ބަހުސްކޮށް ގޮތެއް ނިންމަފާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 24 އިން 26 އަށް މާލޭގައި ކުރިއަށް ގެންދިޔަ ކޮންގްރެސްގައި ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރަން ނުވަތަ ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރަން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް މިނިންމުމަށް އަމަލުކުރާނީ ކައުންސިލުން އެކަމަށް ރުހުން ދީފިނަމަ އެވެ.

ޖޭޕީގެ ނިންމުމަށް ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ތިބީ މަޑުކޮށްގެންނެވެ. އެޕާޓީން ނިންމާ ނިންމުމެއްގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް ބޮޑު ބަދަލެއް އައުމުގެ ފުރުސަތު އެބަ އޮތެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައި އޮތް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ޖޭޕީއާއިއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އެހެންކަމުން ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރަން ނިންމައިފިނަމަ ނަޝީދުގެ ތާއީދު ލިބިދާނެކަމަށް ބެލެވެ އެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ރިޔާސީ އިންތިހާބަށް ނިކުންނާނީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން އެޕާޓީގެ ޓިކެޓުގައި ވަކި ކެނޑިޑޭޓެއް ނިކުންނަނަމަ ނިކުންނަވާނީ ގާސިމް އިބްރާހީމެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންދަވަނީ ގާސިމާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެމަނިކުފާނު ދަނީ ޖޭޕީއާއިއެކު ކޯލިޝަން ހެދުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީއާއިއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އެމްޑީއޭއާއި އަދާލަތު ޕާޓީ އެކަންޏެވެ. އެހެންކަމުން ގާސިމާއި ނަޝީދު ކޯލިޝަނެއްގެ ތެރެއިން އިންތިހާބަށް ނިކުންނަވާނަމަ އެކޯލިޝަނަށް އެންމެ ގިނަ ވޯޓު ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

  1. ހިނގާދަމާ

    ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ގާސިމް އާއި އަންނި އާއި ގުޅިގެން އުފައްދާ ގުޅުން ކުޑަ ކޮށް ފެށިނަމަވެސް އެ ގުޅުން ބަދަހިވެ އިތުބާރު އުފެދި އެގުޅުން މަޑުމަޑުން ބޮޑުވަމުން ގޮސް މުޅި ރާއްޖޭގެ ރައްޔިތުންގެ ހިތް ތަކުން މޮޅުވާނީ ގާސިމް އިބްރާހިމް އަންނި ގެ ގުޅުމުންނޭ ހިނގާށެ ނަލަ ކުރަމާ މިވަތަންގެ ކުރިމަގު ގާސިމް އަންނި ހޮވައިގެން ހިނގާ ރުވަން ފެންދީ މިވަތަންގެ ކަތުންގެ ފަރުދީ މުއްސަނދިކަން އާރޯކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  2. ޒިންދާބާދު

    ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަރު ޒިންދާބާދު ޑރ. ހަސަން ސައީދު ޒިންދާބާދު އަންނި ނައިބް ރައީސް އަށް ހުރި ނަމަވެސް ފިނޭންސް މިނިސްޓަރަކީ އެއީ އަންނިއޭ މަމެން މުޅި މާލޭގެ ރައްޔިތުން އެންމެ އިތުބާރު ކުރާ ފިނޭންސް މިނިސްޓަރަކީ އެއީ އަންނިއޭ ޖީއެމްއާރަށް އެއާރޕޯރޓް ޒަކިއްޓޭ މެން ކަޓް ކާލައިގެން އަންނި އަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ވިއްކާލި ނަމަވެސް ދެން އަންނި އެއް އެއާރޕޯރޓް ވެސް ވިއްކާނުލާނެއޭ އިންޑިއާ ސިފައިން ވެސް ބާލާނެއޭ ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަަރު ޒިންދާބާދު

  3. ޖައްސާތި

    ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ޑރ. މުނައްވަރު ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް އިން މިފަހަރު ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ކަމަށް ނުފެނެއޭ ނުލާނަމަ ޓިކެޓް ނަގާ މުއިއްޒު ފަދަ އަދި ގައްސާން ފަދަ ފެއިލް ވެފައިވާ މީހުންނަށް ޕީޕީއެމްގެ ޓިކެޓް ދިނުން އެއީ ޕީޕީއެމް ފުނޑާލަން ދެވޭ ޓިކެޓް އެކޭ އެއަށް ވުރެން ރަނގަޅުވާނެއޭ ޖޭޕީ އާއި އެކު ކޯލިޝަން ހަދައިގެން ޕީޕީއެމް އަށް ފޮރިންގް މިނިސްޓްރީ އެކަނި ލިބޭ ގޮތަށް ކަންކަން ކުރިއަށް ގެންދިޔަނަމަވެސް މާބޮޑަށް ކުރިމަގުގައި ޕީޕީއެމް އަށް ފައިދާވާނެއޭ މަމެން ޕީޕީއެމް ވެރިކަމުގަިއ ވެސް ބުނީމޭ ބްރޯ އަށް ނައިބް ރައީސް ކަން ދިނުން އެއީ ޕީޕީއެމްގެ ހަލާކޭ އެކަންވީ ވެސް އެގޮތޭ މަމެން ނަށް ޔަގީނޭ ރައީސް ޔާމީން ދުލެއް ނުވާނެ ކަން އެހެން ކަމުން ދެވަނަ ގޮތެއް ވިސްނާފައި ބާއްވަން ޖެހޭނީ ދެވަނަ ގޮތަކީ ގާސިމް އިބްރާހިމް އާއި ގުޅިގެން ގާސިމް ވެރިކަމަށް ގެނައުން ގާސިމް އެތައް ހާސް ގުނަ ރަނގަޅުވާނެއޭ ރައީސް އިބޫ އަށްވުރެން ރަނގަޅުވާނެއޭ…

  4. ހިނގާދަމާ

    ހިނގާ މަމެންނާއި އެކު ދާން ގާސިމް އަންނި ހޮވަމާ މިފަހަރު ނުވާނަމޭ މަމެން ވަރުބަލި މިކަން ކޮށްފައި މެނުވީ ހިނގާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިމާޔަތާއި ނަސްރާއި ކަލާނގެ ގާސިމަށް ދެއްވާނދޭންވެ ހިނގާ ބަހީ އާދޭ އެކީގައި އެންމެން ނިކުމެ ގާސިމް އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  5. ހިނގާދަމާ

    މާލެ ސަރަހައްދުން ގޯތި ބޭނުންވާ ކޮންމެ ދިވެއްސަކަށް ކަނޑުހިއްކައިގެން ނަމަވެސް ގޯތި ދިނުމުގެ ހިތްވަރާއި ބުންވަރާއި ފަންވަރާއި ގާބިލް ކަން ހުންނާނެއޭ ގާސިމް ކިބައިގައި އެއީ ޔަގީން ކަމެކޭ މިރާއްޖޭގެ ރިސޯރޓް ތަކުގައި މޫދު ކޮޓަރި ތައް މިހާރު އެއަޅާ ގޮތަށް ކޮންކްރީޓް ތަނބު ޖަހައިގެން ހަދަން ފުރަތަމަ ވެސް ފެށީ އެއީ ގާސިމް އިބްރާހިމްގެ ވިސްނުމަށް ގާސިމްއޭ ހިނގާ މަމެންނާއި އެކުދާން ގާސިމް ހޮވަމާ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ވަތަން އެދޭ ގޮތަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  6. ޤައުމެއްގެ ދާހިލީ ސިޔާސީ ޕާޓީ ހަރަކާތެއްގައި ބޭރު ޤައުމުތަކުގެ ޑިޕޮލެމޭޓުން ބައިވެރި ވުމަކީ ޖޭނީވާ ވިއެންނާ ޑިޕޮލެމެޓިކް ކޮންވެންޝަން އާއި ހިލާފު ކަމެއް !