ޚަބަރު ސިޔާސީ

ރައީސްއާއެކު ކޯލިޝަން ހަދަން ނިންމި ނިންމުމަށް އެއްބާރުލުން ދިނުމަށް ސިޔާމް އެދިވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދަން ނިންމި ނިންމުމަށް އެމްޑީއޭގެ އާންމު މެމްބަރުންނާއި، ރާއްޖޭގެ ރައްޔިތުން އެއްބާރުލުން ދިނުމަށް، އެމްޑީއޭގެ ލީޑަރު، އަޙްމަދު ސިޔާޔް މުޙައްމަދު އެދިވަޑައިގެންފިއެވެ.

Ads by MWSC

އޭނާ މިކަމަށް އެދިވަޑައިގަތީ، ވިލުރީފްގައި ރޭ ބޭއްވި މާހެފުމުގެ ހަފްލާއެއްގައެވެ. މި ހަފްލާގައި ދ. އަތޮޅުގެ ހުރިހައި ރަށެއްގެ އެމްޑިއޭގެ ލީޑަރުން ހިމެނޭހެން، 100އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މި ހަފްލާގައި ސިޔާމް ވަނީ، ރައީސް ޞާލިޙު ކަމުދަނީ މިޒާޖާއި އަޚްލާގީ މިންގަނޑާއި އިތުރު ކަންކަން ބަހައްޓަވާ ގޮތުން ކަމަށް ވިދާޅުވެފައެވެ.

ސިޔާމް ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ، ދ. އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މާނަވީ އެންމެ ރަނގަޅު ފައިދާއެއް ވާނެގޮތަށް ކަމަށާއި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ސިޔާމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، އޭނާ ކުރިން އެމްޑީޕީ ގޯސް ކުރީ ޕާޓީ ގޯޯސްވެގެން ނޫން ކަމަށާއި، ޕާޓީގެ މޫނުމަތި ގޯސްވެގެން ކަމަށެވެ.

އެމްޑީޕީގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރައްވާ ސިޔާމް ވިދާޅުވީ، އެމްޑީޕީގެ މޫނުމަތި މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 20ވަރަކަށް އަހަރުތެރޭގައި އޭނާ ގުޅުން ބޭއްވެވި ހަމައެކަނި އެމްޑީޕީ މެމްބަރަކީވެސް ރައީސް ޞާލިޙު ކަމަށެވެ.

Ads by HDC
  1. ރަދީފްއޮފިޝިއަލް

    ”100އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.” އަސްލު ސައިޒް.ހެހެހެހެހެހެ

  2. 100 މިލިއަން

    100 ލީޑަރުން