ޚަބަރު ސިޔާސީ

މިހާރުވެސް މި ތިބީ ރޭހުގެ ކުރީގައި: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާއެކު ކޯލިޝަން ހަދައިގެން ތިބި ސިޔާސީ ޕާޓީތައް ވަނީ ރޭހުގެ އެންމެ ކުރީގައި ކަމަށް ރައީސްގެ ކޯލިޝަން ބައިވެރިޔާ، އަދާލަތު ާޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙާއެކު މިހައިތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ވެސް ރައީސް ޞާލިޙުގެ އާ ކޯލިޝަން އޮތީ ރޭހުގެ ކުރީގައި ކަމަށާއި، އެ މަނިކުފާނާއެކުގައި މިހާރު ވެސް އިތުރު ދެ ޕާޓީއެބައޮތް ކަމަށެވެ.

އަދި ވިދާޅުވީ، އެހެން ބޭފުޅުން އަދި ކެންޑިޑޭޓަކާ ބެހޭ މަޝްވަރާތައް ކުރައްވަނީ ކަމަށެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އެމްއާރްއެމުން، މި ފަހަރު ރައީސް ޞާލިޙާއެކު ކޯލިޝަން ހަދަން ނިންމައިފައިނުވާއިރު، ޖޭޕީން ވަނީ ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމައިފައެވެ. ނަމަވެސް އެމްއާރްއެމުން ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ މަޝްވަރާ ކުރައްވަމުން އަންނައިރު، އަދި ވަކި ގޮތެއް ނުނިންމައެވެ.

ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިޚާބު، އެއްބުރުން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީީސް އިއްޔެ ވެސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ، އެ މަނިކުފާނުގެ އައު ކޯލިޝަނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

Ads by Ooredoo
  1. ބިރުނުގަނެ ހުރިހާލިޑުންނަށް މިނިވަށްކަންދީފަ ރޭހުގެކުރިއަށްއެރިކަމަށްވާނީ އަދި އިންތިހާބުވެސް މިނިވަށްކޮންފަ ތަޅުއަޅުވާގެން ކުރޖއަރަނީކީނޫނެއްނު