Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އަމްރުގެ ޕްރޮގްރާމް ޕީއެސްއެމުން ދެއްކުން ރައީސް އޮފީހުން މަނާކޮށްފިކަމަށް ބުނެފި

އަމްރުގެ ޕްރޮގްރާމް ޕީއެސްއެމުން ދެއްކުން ރައީސް އޮފީހުން މަނާކޮށްފިކަމަށް ބުނެފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރުގެ ޕްރޮގްރާމެއް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ދެއްކުން ރައީސް އޮފީހުން މަނާކޮށްފި ކަމަށް ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމްރުގެ ޕްރޮގްރާމް ދެއްކުން ރައީސް އޮފީހުން މަނާކޮށްފައިވާކަމަށާއި މިވެރިކަން ނިންމަންޖެހޭކަމަށެވެ.

https://twitter.com/aliaazim/status/1639662388273364993

Advertisement
Allied Insurance — Square (box)

އަމްރުގެ ޕްރޮގްރާމް މިރޭ ދައްކާނެ ކަމަށް އެސްޓީއޯ އިންވެސް ވަނީ ޓްވީޓްކޮށްފައެވެ. އެހެންނަމަވެސް އެޕްރޮގްރާމް ދައްކާފައި ނުވާކަމަށާއި އެގަޑީގައި ދައްކާފައިވަނީ ރިޕީޓް ޕްރޮގްރާމެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޮންލައިން ނޫސް "ވަގުތު" ގައި ބުނެފައިވާގޮތުން މިރޭ 9:00 ޖަހާއިރު އޮތް ރާއްޖެ މިއަދު ޕްރޮގްރާމް ގައި ދެއްކުމަށް އަމުރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދާފައި ވަނީ މިއަދު ހެނދުނު 10:30 އިން 11:00 އާ ދެމެދުއެވެ.

ދައުލަތުން ދައުލަތުގެ މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ކުރާކަމުގެ ތުހުމަތުތައް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންކަން ފާހަގަކޮށްލެވެއެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރުއަކީ އެމްޑީޕީގެ ބޭފުޅެއް ނަމަވެސް އޭނާ ދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދޫކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާކަން ފާޅުގައި ވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އޭނާ ވަނީ ނަޝީދުގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެފައިކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް