ޚަބަރު ސިޔާސީ

ސަލަފުން ބުނަނީ ޖޭޕީއާއެކު ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމުއިއްޔަތުލް ސަފަލުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއާއެކު އިތުރު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ފަތުރާ ޚަބަރު، އެ ޖަމުއިއްޔާއިން ދޮގު ކޮށްފިއެވެ.

Ads by STELCO

ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ، ޖޭޕީގެ އެދުމުގެ މަތިން، މި މަހުގެ 20 ވަނަ ދުވަހު އެ ޖަމްއިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު އެހެން ބައްދަލުވުމެއް މިއަދާ ހަމައަށް ވެސް ޖޭޕީއާއެކު ބާއްވައިފައިނުވާނެ ކަމަށެވެ.

ބައްދަލުވުން ބޭއްވި ކަމަށް ުބުނެ، ބައެއް ނޫސްތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ ޒިންމާދާރުކަމެއްނެތި ފަތުރަމުންދާ ހަޤީޤަތެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް ވެސް ސަލަފުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ސަލަފަށް ނިސްބަތްކޮށް ދޮގު ޚަބަރު ފެތުރި މީޑިއާތަކުން އެކަމަށް މަޢާފަށް އެދި ރައްޔިތުންނަށް ތެދު ހަޤީޤަތް ހާމަކޮށްދިނުމަށާއި ތެދު ދޮގު ބެލުމެއްނެތި ލިބޭހައި ޚަބަރެއް ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު މަޢުލޫމާތު ފެތުރުމަށް ގޮވައިލައިފައެވެ.

ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓް ކުރި ގޮތުގައި، ޖޭޕީއާ ސަލަފުން، ސަން އައިލެންޑް ރިސޯޓުގައި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. ސަލަފުން މިކަން ދޮގު ކުރިއިރު، އެ ޖަމުއިއްޔާއިން މީގެ ކުރިން ޕީީޕީއެމްގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ.

 

  1. ރައްޔިތުމީހާ

    މިފަހަރު ރިޔާސީ އިންތިޚާބުގައި ސަލަފުން ނުޖެހޭނެ ޖޭޕީއާކު ކޯލިޝަން ހަދާކަށް ޝަބަބަކީ ލާދީނީ ރިޕޯޓް ނެރުއިރުވެސް ޖޭޕީ ހަނުހުރީ އެއްޖިންސުން ގުޅުން ހިންގިއިރުވެސް ޖޭޕީ ހަނުހުރީ، އިންޑިއާއެކު ގޮތްނޭގޭ އެއްބަސްވުންތަކެއް ހަދާ ގައުމު ސުންނާފަތިކުރަމުން ދާއިގައިވެސް ޖޭޕީ ހަނުހުރީ، އިންޑިއާގެ ސިފައިން ހަތިޔާރާއެކު ތިބިއިރުވްސް ޖޭޕީ ހަނުހުރީ އަދި ގޮތްނޭނގޭ އެއްބަސްވުމެއްގެ ދަށުން ދިވެހި ރާއްޖޭގެ ކަނޑު އަޑީގެ ހުރިހާކަމެއް އިންޑިއާއަށް ދިންއިރުވެސް ސަރުކާރުގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ހަމަހަނުހުރީ

  2. އަލީ ބިން ޔޫސުފް

    ބާއްވާނެ! ތިޔައީ ދީނޭ ކިޔައިގެން އުޅުނަސް ފައިސާއަށް ވިކޭ ބަޔެކެވެ. އެހެން ނޫންނަމަ، އެންމެ ގިނައިން ރާއްޖޭގައި ބަނގުރާ ވިއްކާ ބަޔަކާއެކީ އެންމެ ބައްދަލުވުމެއްވެސް ނުބާއްވާނެއެވެ.