ޚަބަރު

ގާސިމް، އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

Ads by MWSC

ޖޭޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ޓިކެޓަށް އެކި ހުޅުވާފައިވަނީ މިމަހުގެ 16ވަނަ ދުވަހުއެވެ. ފުރުސަތުގެ ސުންގަޑި މިއަދު 12:00 އަށް ހަމަވިއިރު، ޓިކެޓަށް އެދި ކުރިމަތިލެއްވީ ގާސިމް އެކަނިކަމަށް ޖުމްހޫރީ ޕާޓީން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާންކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމް.އެން.ޕީގެ ރައީސް މުޙައްމަދު ނާޒިމްއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 9 ގައެވެ. އިންތިޚާބަށް އިލެކްޝަނުން ތައްޔާރީތައް ވަމުންދާއިރު، އިންތިޚާބުގެ މައި މަރުކަޒަކަށް ހަމަ ޖައްސާފައިވަނީ ދަރުބާރުގެއެވެ. ރިޔާސީ އިންތިޚާބުގައި 280،000 މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!