އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހްވެސް ޖުމްހޫރީ ޕާޓީއިން ވަކިވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.
ޝާހް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވާ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދިނުމަށް އެދިފައެވެ. ޝާހު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ހިދުމަތް ފޯރުކޮށް ދިނުމާއި ތަރައްގީކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ތާއިދު ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކަމަށާއި އެހެންކަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލުން އިސްތިއުފާ ދެއްވާކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.
ޝާހު ޖުމްހޫރީ ޕާޓީއިން ވަކިވެފައިވާއިރު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހަށް ތާއިދު ކުރައްވާކަން އިއުލާނުކުރައްވާފައެވެ.
ސާހް އަށް ވެސް އަދި ބޮލެއް ހުރި ކޮންމެ މީހަކަށްވެސް، މިއުޅެނީ ބަޔަކު ގާސިމްގެ ބޮލަށް ވަދެގެން މޮޔަ ހައްދައިގެންކަން އެގޭނެއެވެ. ހަމަހޭގައި މިތިބަ މުސްލިމް ދިވެހިން ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ސްޕާ ހިންގާ މީހާއަށް ވެރިކަމަށް ވޯޓެއް ނުދޭނެއެވެ. ދިވެހިންގެ ދީނެއް ފައިސާއަކަށް ނުވިއްކާނެއެވެ.