ޖީ.އެމް.އާރު އަތުން އެއަރޕޯޓު އަތުލެއްވިގޮތަށް ދިވެހި ފަސްގަނޑުން މިއަދު ގެއްލުނު ބައި ރައީސް ޔާމީން އަނބުރާ ހޯއްދަވައިދެއްވާނެ: އަދުރޭ
ޖީ.އެމް.އާރު އަތުން އެއަރޕޯޓު އަތުލެއްވިގޮތަށް ދިވެހި ފަސްގަނޑުން މިއަދު ގެއްލުނު ބައި ރައީސް ޔާމީން އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށާއި އެހިތްވަރާއި އެކެރުންތެރިންކަން އެމަނިކުފާނުގެ ހުންނާނެކަމަށް އިދިކޮޅު ލީޑަރ އަބްދުﷲ އަބްދުލްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިރޭ ބޭއްވި "ޗަ ގޯސް" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހި މަސްކަނޑުން ގެއްލިގެން މިިދިޔަ ބައި އަލުން އިޔާދަ ކުރެއްވުމަށް އެމަނިކުފާނު ފަސްޖެހިވަޑައި ނުގަންނަވާނެކަމަށެވެ.
"ރައްޔިތުން މާޔޫސް ނުވޭ. މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިޔާދަ ކުރާނަން ޖީއެމްއާރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ޖީއެމްއާރަށް ވިއްކާލި އެއާޕޯޓު ރައީސް ޔާމީން އިސްވެހުންނަވައި ދިވެހިންނަށް ހޯއްދަވައިދެއްވި ގޮތަށް އިރާދަކުރެއްވިއްޔާ ދިވެހި މަސްކަނޑުން ގެއްލިގެން މިދިޔަ ބައި ރައީސް ޔާމިން އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ އެމަސައްކަތް ކުރައްވާނެ ފަސްޖެހިވަޑައެއް ނުގަންނަވާނެ އެހިތްވަރު ހުންނާނެ އެކެރުންތެރިކަން ހުންނާނެ ގައުމަށް އިހްލާސްތެރިވާނެ" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހި ކަނޑުން ބައެއް ގެއްލުނު މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށާއި އެކަން ތަހުގީގުކުރެއްވުމަށް މުއައްސަސާތަކަށް ގޮވައިލައްވާކަމަށެވެ. މިއީ ވަކި މީހަކަށް ނިސްބަތްވާ މައްސަލައެއް ނޫންނަކަމަށާއި މިއީ މުޅި ދިވެހި ގައުމަށް ނިސްބަތްވާ މައްސަލައެއްކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިމައްސަލަ ތަހުގީގު ކުރެއްވުމަށްވެސް އަދުރޭ މިރޭ ވަނީ ގޮވައިލައްވައިފައެވެ.
"ފުލުހުން ވެސް އަދި އެނޫން ތަންތަނުންވެސް އޭސީސީން ވެސް މިބާރު ލިބިގެންވާ ކޮންމެ މުއައްސަސާއަކުން މިރެއިން މިރެއަށް އެބަޖެހެއޭ މިމައްސަލަ ތަހުގީގު ކުރަން އަޅުގަނޑު ގޮވާލަށް މިޕޯޑިއަމުގައި ހުރެ މިހާރުން މިހާރަށް މިމައްސަލަ ތަހުގީގުކޮށްދިނުމަށް އޭސީސީއަށްވެސް ޕޮލިހަށްވެސް އަދި އޭޖީއަށްވެސް އެނޫން ފަރާތަކުންވެސް ޒިއްމާ އޮތިއްޔާ އެކަން ކުރަން އެބަޖެހޭ" އަދުރޭ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކަށިން ހިތްވަރުނެރެގެން ރައީސް ޔާމީން މިނިވަން ކުރަންވީ ކަމަށާއި އެމަނިކުފާނު ގެނެސް ވެރިކަމަށް އިންތިހާބު ކުރަންވީކަމަށެވެ. އަދި ދިވެހި ގައުމަކަށް އެނޫން އެއްވެސް ޗޮއިސްއެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުސައިން އާދަމްގެ ލޭ ދިވެހި ގައުމަށް އޮހޮރާލައިގެން އަޅުގަނޑުމެންނަށް ގާއިމުކޮށްދިން އަމާންކަން އަލުން އަނބުރާ ދިވެހި ގައުމަށް ގެނެސް މިގައުމުގެ މިލްކުވެރިކަން ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވޭނެ ހަމައެކަނި ލީޑަރަކީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަމިއްލަ ނަފްސު ސަލާމަތް ނުކުތެވިގެން އުޅޭ ވަގަކަށް އެހެން ގައުމެއް އެއީ ތިމާގެ ބައެއްކަމަށް ހަދާ އެ ހޯދޭނެތަ މިހިރަ ބީތާޔާ!
ދައްކަނީ މުޅިންވެސް ހޮޅި ވާހަކަ