ޚަބަރު ސިޔާސީ

ތައުލީމު ލިބިއޮތް ދިވެހި ޖީލެއް އެއަށްވުރެ މާއަންޒަމާނުގެ ބަލިކަށި ކަމަށްވުރެ ބަލިކަށިވެއްޖެ: ސަޢީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޕީޕީއެމްގެ ޖަލްސާއެއްގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ

ތައުލީމު ލިބިއޮތް ދިވެހި ޖީލެއް އެއަށްވުރެ މާއަންޒަމާނުގެ ބަލިކަށި ކަމަށްވުރެ ބަލިކަށިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަޢީދު ވިދާޅުވީ މިއަށްވުރެ މާބޮޑަށް ބައިމަދު، ދުނިޔެއަށް ލޯ ނުހުޅުވި އޮތްކަމަށް ބުނާ ޒަމާނުގައި ވެސް ދިވެހިން އެތައް ޤުރުބާނީއެއް ވީ ޤައުމު ދޫކޮށްނުލާން ކަމަށެވެ.

"މިސާލަކަށް ރާއްޖެ މިއީ އެމެރިކާ، އިންޑިއާ، ޗައިނާ، ނުވަތަ ހުޅަނގުގެ ބާރުގަދަ ޤައުމެއްނަމަ، އިއްޔެ ދިވެހިންގެ އަތުން ތާއަބަދަށް ބީވެގެން އެދިޔަ 40،000 އަކަކިލޯމީޓަރ ކީއްކުރަން، އެންމެ އިންޗިއެއްގެ މިންވަރުވެސް ދޫކުރީސްހެއްޔެވެ؟" އޭނާ ވިދާޅުވިއެވެ.

ސަޢީދު ވަނީ ހުޅަނގުގެ ޤައުމެއް ނުވަތަ ޔޫއެން ސެކިޔުރިޓީކައުންސިލްގައި ހިމެނޭ ޤައުމެއްގެ އެންމެ އިސްވެރިއަކު އޭނާގެ އަމިއްލަ ޤައުމުން ބައެއް ދޫކޮއްލާން އަނެއް ވާދަވެރި ޤައުމަށް ސިއްރު ސިޓީއެއް ފޮނުއްވައިފާނެތޯ އައްސަވައިފައެވެ.

"އޭގެބަދަލުގައި އިނގިރޭސީން ޑީކޮލޮނައިޒް ކުރުމުން އިސްވެ ރާއްޖެ އެތަނަށް ކްލެއިމް ކުރިނަމަ، ނުވަތަ ގޮތްދޫނުކޮށް މަޑުޖައްސާލިނަމަ ބާރުގަދަ ޤައުމުތަކާއި ޑީލް ނުހެދުނީސް ހެއްޔެވެ؟ ދިގުމުއްދަތަށް އެތައް ބިލިއަން ޑޮލަރަށް އެތަން ކުއްޔަށްނުދެވުނީސް ހެއްޔެވެ؟ އެތައްބިލިއަން ޑޮލަރުގެބިޔަ ރިޒާވެއް ޖަމާނުކުރެވުނީސް ހެއްޔެވެ؟" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު އިތުރަށް ވިދާޅުވީ ތައުލީމު ލިބިއޮތް ދިވެހި ޖީލެއް އެއަށްވުރެ މާއަންޒަމާނުގެ ބަލިކަށި ކަމަށްވެރެ ބަލިކަށިވެއްޖެ ކަމަށާއި އިއްޔެ އެނގިގެން ދިޔައީ މިނިވަން ގަލަންތަކުގެ ދެލި ވެސް ފައިސާގެ ކުރިމަތީ ހިކިއަނަރޫފަވާކަން ކަމަށެވެ

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!