ޚަބަރު ސިޔާސީ

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ގިނަ ރައްޔިތުން ދެކޭ: ރައީީސް ނަޝީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ގިނަ ދިވެހި ރައްޔިތުން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ހއ.ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު "ފެޑެރަލް" ނިޒާމަކަށް ބަދަލުވާާން ނުވިސްނައިފިނަމަ، ވަރަށް ހިތާމަވެރި މަންޒަރެއް ފެނިގެން ހިނގައިދާނެ ކަމަށެވެ.

"ޤާނޫނު އަސާސީއަށް ގެންނާން ޖެހޭ ބަދަލު ގިނަ. ފެޑެރަލް ނިޒާމަކަށް ބަދަލުވުމާއިއެކުގައި، ވެރިކަމުގެ ނިޒާމު، ނުވަތަ ވެރިކަން ކުރާ ގޮތަށް ބަދަލު ގެނައުން އެއީ، ބޭނުންތެރި ކަމެއްގެ ގޮތުގައި، އެތައް ދިވެހީންނަކަށް މިއަދު އެބަ ފެނޭ."

ރައީީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާއިމެދުގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށްޓަކައި، ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީީސް ނަޝީދު މިހެން ވިދާޅުވިއިރު، އެމަނިކުފާނު މީގެ ކުރިންވެސް ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބު ނުބާާއްވައި، ނިޒާމީ ވޯޓަކަށް ދިޔުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް ހުށަހެޅުއްވިއެވެ.

ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް، 2007 ވަނަ އަހަރުގައި ނެގުނު ވޯޓުގައި، ރައްޔިތުން އިހްތިޔާރު ކުރީ ރިޔާސީ ނިޒާމެވެ.

 

Ads by HDC
  1. ދުމަހުއަ

    ލާ ދީނިއްޔަތަށް މިގައުމު ފުރޮޅޭކަށް ނޭދެން މާތްﷲ ފާސިގުންނަށް އެފުރުސަތު ނުދެއްވާށި އާމީން

  2. ދޮންއާދަމްބޭ.

    ކަލޯކޮންއިރަކުން ޖަލަށްދަނީ؟ 13އަހަރުގެ ޖަލުހުކުމް އަދި ޔަޤީނުން އެއްވެސް ކޯޓަކުން ބާތިލެއްނުކުރޭ .. އިމްރާންބޭ މީނަ މިއީ ޖަލުން ފިލައިގެން އުޅޭ ގައިދީއެއް.އަވަހަށް ހައްޔަރުކުރޭ ..ގިރަފްތާރުކަރޯ.

  3. އަބްދޫ

    ވަގު ނަސީދު ކިތަންމެ ވާހަކަ އެއް ދެއްކިޔަކަސް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ނުޖެހޭނެ. މިހާރު މިއޮތީ މިގައުމަށް އެންމެ ކަމުދާ ނިޒާމް ..ރާއްޖޭގެ ކައުންސިލް ތަކަކީ އާމްދަނީ ލިބޭ ތަންތަނެއްނޫން.ސަރުކާރުން ދިނީމަ މުސާރަވެސް ދެވެނީ . އަތޮޅުތަކަށް ލިބޭއާމްދަނީ އަތޮޅުތަކަށް ދީފަިނަމަ ސަރުކާރު ހިންގޭނެ ގޮތެއް ނޯންނާނެ އަދި ބައެއް އަތޮޅު ހިންގެން ނޯންނާނެ. މި އީ ދިވެގި ގައުމުގެ އާމަދަނީ ބެހިފަ އޮތްގޮތަކީ . އިންޑިޔާގެ މައިސަރުކާރުން އެއްޗެއްނުދިނަސް ސްޓޭޓް ސަރުކާރު ތައްހިގާނެ މައިސަރުކާރު ހިންގަން ފައިސާދޭނީ ވެސް ސްޓޭޓް ސަރުކާރު ތަކުން އިންޑިޔާގަ އޮންނަ ނިޒާމް ރާާއްޖެ ގެނެއްސިނަމަ 1965 ގެ ފަހަތަށް ރާއްޖެ ހިގައިދާނެ . ނިޒާމަކީ އިރުއިރު ކޮޅުން ބަދަލުކުރަންޖެހެ އެއްޖެއްނޫން. ވަގުނަސީދު ބޭނުންވާކޮންމެ ފަހަރަކު ވޯޓް ނަގާކަށް ނުޖެހޭނެ 1953 ގަ 1968 ގަ 2008 ގަ ނިޒާމީ ވޯޓް ވަނީ ނަގާފަ. ވަގުނަސީދުގެ ބަލާ މިގައުމަށް ބޮޑުވެއްޖެ.

  4. ކަލެޔާ އީވާ އާ ދެމީހުންވީމަ އެއީ ގިނަ ރައްޔިތުންތޯ!

  5. ރޮކްމައިވޯލްޑް

    ޖޭޕީ އާއި އެކު ދަ ޑިމޮކްރެޓުން މަޝްވަރާ ކުރާނަމ އެއީ ރަނގަޅު ފާލެކޭ ދަ ޑިމޮކްރެޓުން ރަޖިސްޓްރީ ކުރިނަމަވެސް ފޯރި އާއި ޖޯޝްއެއް ނެތޭ އަންނި ވެސް އެމްޑީޕީން އިސްތިއުފާ ދީފައި ކެރިގެން އެމްޑީޕީ އުފައްދަން ނިކުތް ގޮތަށް ފިރިހެންވަންތަ ކަމާއި އެކު ނިކުންނަންވީއޭ އޯއް އޯއް އޯއް ދަ ޑިމޮކްރެޓުންގެ ކުރިން އުޅުނު ގޮތަށް އުޅެގެން ތިކަން ނުވާނެއޭ އޯއް އޯއް އޯއް ކޮން އީކްއޭޝަނެއްތޭ ބޯރޑް އިން ޑްރައިވް ކުރަންވީ އޯއް އޯއް އޯއް ކަނބުލޯ ގެނޭ ވައިޓް ބޯރޑް މާރކަރ އޯއް އޯއް އޯއް މަމެންނަށް އިނގޭ އެއްޗަކީ ކުރިން ތަމެން ޕާރޓީ އުފެއްދިހާ ފަސޭހަ ނުވާނެ ކަން އޯއް އޯއް ފޯރިއަރ ސީރީސް އީކްއޭޝަން އެކޭ ތަމެން ޑްރައިވް ކުރަން ޖެހޭނީ…

  6. އީވާސް

    ގާސިމް ވވ ވިސްނާ މިކަލޭގެ އަޅުވާ ފަނިފަކުސާގަ ނުޖެހި އަވަހަށް ސަލާމަތްވޭ
    ހީކުރީ އީވާ އަކީ ވ ވިސްނުންތެރި ކަނބަލެއްކަމަށް.