ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުން: ރައީސް ޞާލިޙް
![](https://dhen.mv/wp-content/uploads/2023/05/261DCA7A-ECA7-4C65-AB54-54D1E369648E-850x548.jpeg)
ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، މަގޫދޫގެ ރައްޔިތުން ހުށައެޅުއްވި ކަންކަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރީ އެއްވެސް ރައްޔިތަކު ބާކީނުކޮށް އެއްވެސް ރަށެއްގައި ދިރިއުޅޭ ރައްޔިތަކު ބާކީނުކޮށް، ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ. އެގޮތުން މަގުތައް ހެދުމާއި ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި ސިއްޙީ ދާއިރާއިން މިވަގުތަށް އިސްކަންދިނުމަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސްއަށް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަގޫދޫގެ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެއްމެންގެ ސަރުކާރުން ވަޒީފާގާ.ތިބޭމީހުން ކަޑާކެޑުން ބަލައެންނުގަނެވޭނެ.މީހުނަށް ވަޒީފާގެބިރުދެއްކިޔަސް ޕާޓީގަ ތިބެވެސް.ވޯޓު.ލާނީ އެމީހަކުބޭނުންމީހަކަން
ހިދުމަތް ލިބިގަތުމަކީ އެމީހެއްގެ އަމިއްލަ ކަމެއް.ސަރޔކާރުގެ ބޭނުމަކީ މަގު ތަނަވަސް ކުރުން.ދަވްލަތުން ހަރަދު ކުރެވޭނީ ގައުމު ތަރައްގީ ކުރެވޭގޮތަށް