ޚަބަރު ސިޔާސީ

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ރައީސް އާއި ބައްދަލުކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

Ads by STELCO

އެ ޕާޓީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވައިފައެވެ.

"ޢަދާލަތު ޕާޓީން މި ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ނިންމާފައިވާތީ، ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން މިއަދު ރައީސާ ބައްދަލުކުރައްވައި، އެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު މަޝްވަރާކުރައްވައިފި." ޢަދާލަތުން ބުނެފައިވެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތާއިދުކުރައްވާ އެމަނިކުފާނަށް ބައިއަތު ހިފައިފައިކަން ފާހަގަކޮށްލެވެއެވެ. ޢަދާލަތުގެ އިތުރުން ރައީސް އާއެކު ދެން ކޯލިޝަން ހަދާފައިވާ އަނެއް ޕާޓީ އަކީ ވިޔަފާރިވެރިޔާ ސަން ޝިޔާމްގެ ޕާޓީކަމަށްވާ އެމްޑީއޭއެވެ.

Ads by Ooredoo
  1. ޒާހިރު

    އަދާލަތުޕާޓީގަތިއްބެވިތިއައިލްމުރިސޭހުއްނައް)އަދާލަތުއެއީކޯނޗެއްކައްއެގިލައްވާބާއޭއަޅުގަންޑުހިތައްއަރާ)އަޅުގަންޑައްއަދާލަތުގެ
    ލަފުޒުއްރައްމްޒުކޮއްދެނީއަމާންކަމަސުލުހަމަސްލަހަތުއަދިއޭގެއިތުރައްއަދުލުއިންސާފުގާއިމުކުރުމާއިދީނީސިއާރުދެމެހެއްޓުއްއަދިއެހެއްމެދީނީކައްކަމުގައުމުމަސްލަހަތުގެއްލޭފަދަކަމެއްގައުމުގަހިގާނަމައެކަމެޢްހައްލުކުރުމައްޓަކާ.އެޢމެއިސްފަރާތާމަސްވަރާކުރުއް.އެހެއްނަމަވެސްހިތާމައަކީ.މިސަރުކާރުއާފަހުއްއަދާލަތުޕާޓީއޮތީނިދާދ
    އަދިކޮއްމެފަދަފާހިސުނުބާކައްތައްމިސަރުކާރުގެއިސއވެރިއްކުރާއިރުގަވެސްއަދާލަތުޕާޓީތިއަތިބެނީއަތްޖަހާލަޖަހާލާ.ކަލޭމެއްގެލަދުކޮބާ

  2. ހައްވަ

    އެއީ ޢަދާލަތެއް ނޫން. ފައިސާއަށް ދީން ވިއްކާ ޖަހާލަތު ޕާޓީ