ފޯޅަވައްސަކީ އެއީ ގުދުރަތީގޮތުންވެސް ދިވެހިންގެ ތަނެއް ކަމަށާއި ކުރަންވީ މަސައްކަތަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތްކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިނގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ އަބްދުލްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި ސަރުކާރާއި އިދިކޮޅުފަރާތްތަކުން މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އިނގެނީ ދިވެހިރާއްޖޭގެ ގޯތީގެ ތެރެއިން ބައެއް ކަން ފޯޅަވައްސަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަންވީ ފޯޅަވަހި ހޯދީމަ އެއޮތީ ކަނޑު ލިބިފައި. މިކަނޑަކީ ބައި ކުރަން ޖެހޭ ތަނެއް ނޫން. މީ ކީއްކުރަން ބައިކުރާ ތަނެއްތޯ މީ އަޅުގަނޑުމެންގެ އަމިއްލަ މިލްކެއް" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭން ބައެއް ދޫކޮށްލީމައި އެއްގަލަކަށް އަރައިއެކުވެގެން ނުކުންނާނެ ދިވެހި ދަރިން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަމަށެވެ.
"ރާއްޖޭގެ ބިމުން ބައެއް ދޫކޮށްލީމާ އެއްގަލަކަށް އަރާނެ އެކަމުގައި އެކުވެގެން ނުކުންނާނެ ދިވެހި ދަރިން އަބަދުވެސް ދިިވެހި ފަސްގަނޑުން އުފަން ކުރުވާނެ. އޭގެ ސާފު ހެކި މިރޭ މިތަނުން މިފެންނަނީ ފޯޅަވައްސަކީ އެއީ ގުދުރަތީގޮތުންވެސް ދިވެހިންގެ ތަނެއް. އެކަމަށް އަޅުގަނޑުމެން މި ދައްކަނީ ދުނިޔޭގައި މިފަދަކަމަކަށް ބަޔަކަށް ދެއްކޭނެ އެންމެ ވަރުގަދަ ހެކި އެންމެ ވަރުގަދަ ދަލީލު އެއީ ކޮބައިތޯ. ފޯޅަވަހި އޮންނަނީ ދިވެހި ރާއްޖެ ރަށްތައް ގުދުރަތީ ގޮތުން ހެދިފައި މިއޮތް އަށި މަތީގައި" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން އިނގޭ ވަރަށް ގިނަ ހެކިތައް އެބަހުރިކަމަށެވެ. އަދި މިއަދުގެ ސަރުކާރަށް މިކަން ނޭނގިގެން ނޫޅޭކަމަށާއި ސަރުކާރުންވަނީ ގަސްތުގައި ދިވެހިގައުމަށް ހިޔާނާތްތެރިވެފައިވާކަމަށެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެންނާނެކަމަށް އޭނާ ވިދާޅުވިއެވެ
ފޯޅަވަހި ހޯދަން އެއުޅެނީ މިގައުމުގަ ފައްޅި އެޅޭގެ ގޮތަކީ އެއީ ކަމަށްވާތީ! އެގައުމުގެ ދީނަށް އެމީހުންނަށް އަޅުކަން ކުރުން އޮންނާނެތާ! އޭރުން މިގައުމުގެ 100% އިސްލާމްކަން ގެއްލުނީ..
ކުރަންވީ ކަމަކީ ހުރިހާ ގެއެއްގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް. އޭރުން ޔާމީނަށް ޖަލުގެ ވެރިކަން ލިބިދާނެ ފަހަރެއްގައި.