ޚަބަރު ސިޔާސީ

އިންތިހާބަށް ކުރިމަތިލާއިރު އިދާރީ ފީގެ ގޮތުގައި އެއްލައްކަ ރުފިޔާ ދައްކަންޖެހޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންތިހާބަށް ކުރިމަތިލާއިރު އިދާރީ ފީގެ ގޮތުގައި އެއްލައްކަ ރުފިޔާ ދައްކަންޖެހޭނެ ކަމަށާއި މިފައިސާއަކީ ކެންޑިޑޭޓަށް އަނބުރާ ލިބޭނެފައިސާއެއް ނޫންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އެކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ މި ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމްގެ ތެރެއިން އީސީ އިން ފައިސާ ދައްކަން އެންގުމުން ކަމަށެވެ.

"‏ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން އިދާރީ ފީއެއްގެ ގޮތުން -/100000 (އެއްލައްކަ) ރުފިޔާ ދައްކަންޖެހޭ. މިއީ ޑިޕޮޒިޓް ފައިސާ އެއްނޫން. މި ފައިސާއަކީ ކެންޑިޑޭޓަށް އަނބުރާ ލިބޭނެ އެއްޗެއްނޫން. މި ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމްގެ ތެރެއިން އީސީ އިން ފައިސާ ދައްކަން އެންގުމުން" ހަބީބް ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހެވެ. އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ނަންތައް ބަލައިގަންނާނީ ޖުލައި 23އިން ފެށިގެން އޮގަސްޓް 7 އާ ހަމައަށެވެ. އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން މީގެ ކުރިން ދެމުން އައީ 10 ދުވަހެވެ. ނަމަވެސް ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

Ads by Allied Insurance
  1. ތަންކޮޅެއް މަދު 5 ލައްކަ ރަގަޅުވާނެ ކޮންމެ މެމްބަރަކު ޖީބަށްލާން 1 ލައްކަ ރަގަޅުވާނެ !