ޚަބަރު ސިޔާސީ

ޕީޕީއެމްގެ ކެންޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ނިންމާނެނަމަ ހާދަ ރަނގަޅޭ: އިމްރާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕްރޮގްރެސިވް އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓަކަށް، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ހަމަޖައްސަވަން އެ ޕީޕީއެމް/ޕީއެންސީން ނިންމަވާނެނަމަ، އެ ނިންމުމެއް ވަރަށް ރަނގަޅުވާނެކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭސީކަން ޑރ. ޖަމީލަށް ދެއްވައިފިނަމަ، އެއީ މޯލްޑިވްސް ޑިމޮކްރެޓް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ކަށަވަރުވުމަށް އެންމެ ފަސޭހަ ފޯމިއުލާއަށް ވެގެންދާނެކަމަށެވެ.

 

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނުގެ ރަނިންމޭޓަކަށް ޖަމީލް ހަމަޖެއްސެވުމާ ގުޅިގެން އިމްރާން ވަނީ މީގެ ކުރިންވެސް ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޞާލިޙުގެ އަރިހުގައި ށ. މިލަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި އިމްރާން ވިދާޅުވީ، ޖަމީލް ރަނިންމޭޓުކަން ޤަބޫލުފުޅުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ޖަލުގައި ހުންނެވުމުން ކަމަށާއި ޕީޕީއެމްގެ ކެންޑިޑެސީ ލިބިވަޑައިގެންފާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

އަދި ރައީސް ޔާމީނުގެ ރަނިންމޭޓަކަށް، ޖަމީލް ހަމަޖެއްސެވުމުން އިމްރާން އެކަން ސިފަކުރެއްވީ "އެއީ ފިދާއެެއްގެގޮތުގައި ކަތިލާ ކަންބަޅިއެއްގެ ގޮތުގައި" ކަމަށެވެ.

އަދި އޭގެ ހެއްކެއްގެ ގޮތުގައި އިމްރާން ވިދާޅުވީ، ޖަމީލުއާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމް/ޕީއެންސީން މަސައްކަތްކުރަމުން ދާކަމަށްވެސް އިމްރާންވަނީ ވިދާޅުވެފައެވެ.

  1. ޕޕމ އިންކަންތަށްކުރާނެގޮތެއް ޔާމީނުގެ ދުސްމިނުންނަކަންނޭގޭނެ. ދޭތެރެޖެއްސުމަޒް މީސްމީހުންއެކިއެކީހަކަދައްކަނީ ބާބާކުރަށް

  2. ކަނބުލޮ

    ކޮންމެ ގޮތެއްވިޔަސް އިބްރާހިމް މުޙައްމަދު ޞީލިޙައްވުރެ ސަޕޯރޓް އޮންނާނެ ޑރ. ޖަމީލު އަށް އަދި ތީ ތާކުހުރި މަރުމޯލެއް ރޔ ޔާމީން އައްޑަނައަކށް ހަދައިގެން ވާހަކަދައްކަން މާތާހިރެއްނޫން. ނިކަން ރޔ މިނިވަނކޮށްބަލަ ކުޅިދައްކައިލާނަން ފިސާރި މާތް ﷲ ގެ އިރާދަފުޅާ ވާގިފުޅުން. އިމްރާންުގެ ދުލުގައި ގޮށް ނުޖެހޭކަމޭ ހިތަށްއަރައި.

  3. ދޮށީބޭ

    ޖަމީލުރަނިންމޭޓަކަށް ހަމަޖެއްސިފަހުން އިމްރާނުގެ ހިތަށްތިހެން އަރައިގެން އުޅުމާބޮޑަށްވައްތަރީ! ކުޑަކުދިންކައިރީ ދައްކާކަހަލަ ޚިޔާލީވާހަކައެއްތިޔައީ.. ޖަމީލުގެނަން އިވިގެން ބިރުން ސިހިގެން މޭކަރައިގެން،ހަޖަމް ނުވެގެން މިއުޅެނީ؟؟މިހެންނުބުނަންވެގެން ބުނި ވާހައެއްތިޔައީ..މާބޮޑަށްތިޔަ ފިނޑިވަނީ.