ޚަބަރު ސިޔާސީ

ކޯޓުން ހުކުމް ކުރާ ގޮތަކުން ޕީއެންސީގެ ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދާނެ: އަދުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ކެނޑިޑަސީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމްކުރާ ގޮތަކުން ޕީއެންސީގެ ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދަވާނެކަމަށް އިދިކޮޅު ކޯލިޝަން ހިނގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫހަކަށް މަޢުލޫމާތުދެއްވަމުން އަދުރޭ ވިދާޅުވެފައިވަނީ ޕީއެންސީން ކެންޑިޑޭޓަކު ނަގަނީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ މަތިން ކަމަށާއި ޕީއެންސީގެ ބޭފުޅަކު އިންތިޚާބުގައި ވާދަކުރައްވާ ގޮތަށް ތައްޔާރަށް ހުންނެވުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއްކަމަށެވެ. އަދި ޕީއެންސީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަނީ އުއްމީދު ގެއްލިގެން ނޫން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ރައީސް ޔާމީން މިނިވަންވެ ވާދަކުރެއްވޭނެ ކަން. އެ ހާލަތުގައި ކޮންމެ ބޭފުޅަކު ޕީއެންސީގެ ޓިކެޓް މިއަދު ކަށަވަރުކުރެއްވިޔަސް ނަން އަނބުރާ ގެންދަވާނެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޓިކެޓުގައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނަން ހުށަހަޅުއްވާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ދެ ބޭފުޅުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ޑރ. މުއިއްޒު ވަނީ ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. އެގޮތުން ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ 48 ބޭފުޅުންގެ ތެރެއިން 25 ވޯޓު މުއިއްޒުއަށް ލިބިވަޑައިގެންނެވިއިރު އާދަމް ޝަރީފަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) ން އެ ފޯމު ބަލައިގަނެފައިނުވެއެވެ. އީސީން ބުނެފައިވަނީ، ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ޙުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށާއި އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.

އަދި އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް އީސީން ނިންމި މައްސަލަ ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.

Ads by HDC
  1. ޔާސީނު

    ތިޔަތިބީ އެމީހާޔާ ހެދި ހޭބަލިވެފާތާ!!!

  2. ވަރަބިންދާލި ކޮތަރު

    އެއްބަޑުއެއްބަފާ އަޚުން އެކަމެއްގަ އެއްވަގުތެއްގަ އިންތިހާބަކާކުރިމަތިލާކަށް ނުވާނެ . ވޯޓް ބައިވުން ނޫން ކަމެއް ނުވާނެ . އެއްއަޚަކު ވެސް ނުހޮވޭނެ ގޮތް ވެއްޖެ ނަމަ މާދެރަވާނެ . ކުރިންޓިކެޓް ލިބިލައްވާފަވަނީ ރައިސްޔާމީނަށް . ކުރިން ލިބިފަވާ ފަރާތަކަށް އިސްކަން ދޭން ޖެހެނީ . ދެން ސަރުކާރުގަ ވުޒާރާތަށް ހިންގާން އިލްމީ މީހުން ޑރ މުހައްމަދު މުއިއްޒު ، އާދަމްޝަރީފު އިސްކުރެއްވުމުން ނިމުނީ

  3. ދިވެހި ޒުވާނުން

    އަދުރޭ ތިހެން ބުންޏަސް ރައްޔިތުންނަށް އެގޭ ގާނޫނު އަސާސީ ގެ 109ގެ ޅ