އަދަބު އަހުލާގު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ވާހަކަ ދައްކަން އެރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޒައިދު
އަދަބު އަހުލާގު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ވާހަކަ ދައްކަން އެރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޙް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދަބު އަޚްލާޤު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ވާހަކަ ދައްކަން އެރުވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި ޕޯޑިއަމުގައި ހުއްޓިހުރެ ބޭއަދަބީ ވާހަކަތަކެއްގެ ގޮތުގައި ބެލެވޭ އެއްޗެއް ހަމަ އެ ކޮންޓެކްސްޓް ގައި އަންހެނަކު ކީ އަޑުއަހާފައިވާ ކަމަށެވެ.
"މިހުންނަނީ ވަރަށް ދަށުދަރަޖައިގެ ކަންކަން. އެކި އާއިލާތަކާއި، މައިން ބަފައިން މިފަދަ ޖަލްސާތަކުގައި ބައިވެރިވޭ" ޒައިދު ވިދާޅުވިއެވެ.
ޒައިދު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ރޭ ގދ.ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބުރައީސް ޢައިޝަތު ރަފިއްޔާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރުމާއި ގުޅިގެންނެވެ.
ރަފިއްޔާ ވަނީ ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅި ހައުސިން ޔުނިޓުތައް ހުރީ ހަތަރު ފަރާތުން ރާޅު ވަންނަ ގޮތަށް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން އާންމުން ދަނީ ރަފިއްޔާ އާއި ރައީސް ޞާލިޙަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ތި ގޮތަށް ފިތުނަފަސާދަ އުފައްދާ މުނާފިގު ދީނީ ޢިލްމުވެރިންނޭ ކިޔައިގެން އުޅޭމީހުންނާ ހެދި އެ ދަރަޖައަށް މީހުން ވެއްޓުނީ
ފަސާދަ އުފައްދާ ޢިލްމުވެރިން ގިނަވެއްޖެ