މަސްނޫޢީ އަތާއި ފައި ހަދައިދޭ ފުރަތަމަ ލެބާއެކު ސަރުކާރުގެ ޚަރަދު ތިންގުނަ ކުޑަ ކުރެވޭނެ

އިންޑިއާގެ އެހީގައި ތަރައްޤީކުރި މަސްނޫޢީ އަތާއި ފައި ހަދައިދޭ ފުރަތަމަ ލެބް، ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފިއެވެ.
ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފޯރުކޮށްދީ ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަޞީލަތްތައް ޤާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މި ޚިދުމަށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.
މި ލެބް ހުޅުވައިދެއްވަމުން ނައިބު ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ ހަރުދަނާކުރުމާއި އެއްވެސް މީހަކު ބާކީ ނުކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުނަށް އެފުރުޞަތު ހޯދައިދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްކަމަށެވެ. މިއަދު މި ހުޅުވުނު ލެބުގެ ސަބަބުން މިކަމަށް ބޭނުންޖެހިފައިވާ ވަރަށް ގިނަ ބަޔަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
https://twitter.com/presidencymv/status/1689155057844170752
ޕްރޮސްތެޓިކްސް އަކީ ގުދުރަތީ ގޮތުން އުފެދުމުގައި ނުވަތަ ހާދިސާއެއްގެ ސަބަބުން އަތާއި އުނިކަމެއް ދިމާވެފައިވާ މީހުންނަށް ހަދައިދޭ އަތާއި ފަޔެވެ. އަދި އޯތޮޓިކްސް އަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބޫޓު ފަދަ ތަކެއްޗެވެ. މިތަކެތި ރާއްޖެއިން ލިބެން ނެތުމުން މީގެކުރިން މި ފަރުވާ ހޯދަން ދާން ޖެހިފައިވަނީ ރާއްޖެއިން ބޭރަށެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްޞަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ޤާއިމްކޮށްފައިވާ ލެބެކެވެ. މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރުކޮށް ބޭނުންކުރެވެން ފެށުމުން، ސަރުކާރުން މިކަމަށް ހޭދަކުރާ ޚަރަދުގެ ތިން ގުނަ ސަލާމަތްކުރެވި ކުރުމުއްދަތެއްގެ ތެރޭގައި ފަރުވާ ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
<img class="alignnone wp-image-193097 size-large" src="https://cdn.dhen.mv/wp-content/uploads/2023/08/313835_53c13004-6_-1-1024x683.webp" alt="" width="1024" height="683" />
މި މަޝްރޫއަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީސް) ސްކީމްގެ ދަށުން ތަރައްގީކޮށްފައިވާ މަޝްރޫއެކެވެ. ދެ މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ތެރޭގައި ޕްރޮސްތެޓިކް އިމްޕްލާންޓްތަކާއި، ކަސްޓަމް މެއިޑް އޯތޮޓިކް ޑިވައިސްތަކަށް ވޯކްޝޮޕެއް ގާއިމްކުރުމާއި، މުވައްޒަފުން ތަމްރީނުކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމަށް 2023 ވަނަ އަހަރުގެ ޖޫން މަހު ހުޅުމާލެ ހޮސްޕިޓަލުގެ ދެ މުވައްޒަފުން ވަނީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އާޓިފިޝަލް ލިމްބްސް މެނުފެކްޗަރިން ކޯޕަރޭޝަން (އަލިމްކޯ) އަށް ޒިޔާރަތްކޮށްފައެވެ. އަދި މިކަމަށް ޚާއްސަ ތަމްރީނުތައް ކުރުމަށް އިތުރު މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީސް) ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ނުވަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓްއެށް މިހާތަނަށް ވަނީ ނިންމާފައެވެ.
މި ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިޞަލް ނަސީމް ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި ތަޢުލީމީ ދާއިރާއަށް ފޯރުކޮށްދޭ އެހީތެރިކަމުގެ އަގުވަޒަންކުރައްވާފައެވެ.







ކޮމެންޓް