އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތު ޕާޓީން ބޭނުންވާކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ގދ. ގައްދޫގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ކުރީގެ ސަރުކާރުތަކާ އެކު ހެދި ކޯލިޝަންތަކާ މި ސަރުކާރާ އެކު ހެދި ކޯލިޝަން ތަފާތުކަމަށާއި އިދިކޮޅު ހުރިހާ ޕާޓީތަކުން އެއްގަލަކަށް އަރައިގެން 2008 ވަނަ އަހަރު އޭރުގެ ސަރުކާރު ބަދަލުކުރަން ކުރި މަސައްކަތުގެ ނަތީޖާ މާ ފޮނި ނޫން ކަމަށް ވިދާޅުވެ އޭރުގެ ތަޖުރިބާގެ ހަނދާން އާކުރެއްވިއެވެ.
"އަޅުގަނޑުމެން ރައީސާ އެކު މި ފަސް އަހަރުގެ ދައުރު ނިންމައި އަނެއް ދައުރުގައި މި ނުކުތީ އެމްޑީޕީ ބޭފުޅުންނަށް ވުރެ ބޮޑަށް ރައީސް ދެ ވަނަ ދައުރަކަށް ގެންދަން އަޅުގަނޑުމެން [އަދާލަތު ޕާޓީން] ބޭނުންވާތީ،.. މަލްޓިޕާޓީ ޑިމޮކްރެސީއެއް ރާއްޖޭގައި އުފެދުނު ފަހުން ޕާޓީތައް ހިމެނޭ ނިޒާމެއްގައި ދެ ވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަކަށް ﷲގެ އިރާދަފުޅުން އެމަނިކުފާނު ހަދާނަން: އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، 2008 ވަނަ އަހަރު އެކައްޗެއް ކިޔައިގެން ނުކުންނެވީ ހާލަތު ބަދަލުކުރައްވަން ކަމަށާއި، އެންމެން ވެގެން ފުރަތަމަ ފަހަރަށް ޕާޓީ ނިޒާމެއްގެ ތެރެއިން ރައީސަކު އިންތިހާބު ކުރެއްވިކަމަށެވެ. އެހެންނަމަވެސް އެކަން ދިޔައީ ހިތާމަހުރި ގޮތަކަށްކަމަށް އިމްރާން ވިދާޅުވި އެވެ.
"ކޯލިޝަންގައި ހުރި ޕާޓީތައް ރޫޅި އެގޮތް މިގޮތް ވެގެން ދިޔައީ." އިމްރާން ވިދާޅުވިއެވެ.
ނަމަވެސް އަދާލަތު ޕާޓީން ކެތްކުރެއްވިކަމަށާއި، އެ ހާލަތުގައި ވެސް އެ ވެރިކަން ނިމެންދެން އަދާލަތު ޕާޓީން ވަރަށް ދަތި ހާލުގައި ވެސް "ހިފަހައްޓާލި" ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމާ އެކު ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބި ވަރަށް ބޮޑުތަނުން ފަހަތަށް ވެއްޓުނު ކަމަށްވެސް އިމްރާޏް ވިދާޅުވި އެވެ.
ހަމައެއާއެކު، 2013 ވަނަ އަހަރު އިންތިހާބުގައި ވެސް ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އާދެވުނު ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ނާދެވެނިސް އެ ކޯލިޝަން ވެސް ރޫޅިގެން ދިޔައީ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެފަހަރު ވެސް އަޅުގަނޑުމެން [އަދާލަތު ޕާޓީން] ހިފަހައްޓާލިން. އެކަމަކު އެފަހަރު އަޅުގަނޑުމެންނަށް ހިފެހެއްޓުނީ ދޮޅު އަހަރު. ދެން 2015 ގައި ކަން ވެގެން ދިޔަ ގޮތް އެންމެނަށް އެނގޭ،" އިމްރާން ވިދާޅުވި އެވެ.
ވޭތުވެދިޔަ ސަރުކާރުތަކާއި މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާ ގޮތާ އަޅާބަލާއިރު، ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިއަކަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ސަބަބާ މެދު ވިސްނާލަން ޖެހޭ ކަމަށާއި އެއީ ރައްޔިތުންނަށް ކަންކަން ކޮށްދީފައިވާތީކަމަށް އިމްރާން ވިދާޅުވި އެވެ.
"މަލްޓިޕާޓީ ޑިމޮކްރެސީއެއް ރާއްޖޭގައި އުފެދުނު ފަހުން ޕާޓީތައް ހިމެނޭ ނިޒާމެއްގައި ދެ ވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަކަށް ﷲގެ އިރާދަފުޅުން އެމަނިކުފާނު ހަދާނަން،" އިމްރާން ވިދާޅުވި އެވެ.
މިކަމަކީ އިދިކޮޅު ބޭފުޅުން ވެސް ހެކިވާނެ ކަމެއްކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ރައީސް ޞާލިޙް ފަދައިން ވެރިކަން ކުރެވޭނެ ވެރިއަކު މި އިންތިހާބަށް ކުރިމަތިލައްވާފައިނުވާ ކަމަށެވެ.
ޝޭހު ތިހެން ބުނިކަމުގައި ވިޔަސް ޔަހޫދީންނާއި ސިއްރު ގުޅުން ބާއްވާ ކެރަފާ އާއިލާޔަށް އިތުރު ފުރުސަތެއް ދިނުމަކީ މިރާއްޖޭގެ ހަލާކު !