ރައީސް ޔާމީން ޖަލުން ނެރެވޭނީ ޑިމޮކްރެޓްސްއަށް، ޕީޕީއެމަށް މަސައްކަތް ކުރެވޭނަމަ ރައީސް ޔާމީން ޖަލުގައެއް ނުހުންނާނެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ނެރެވޭނީ ދަ ޑިމޮކްރެޓްސް އަށް ކަމަށާއި އެކަން ޕީޕީއެމަށް ނުވާނެ ކަމަށް ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީން މި ދައުރު އެކީ ޖަލުގައި އެ ހުންނެވީ ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީތީ ކަމަށެވެ.
އަދި ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއި ކުރާތާ ހަފްތާއެއްތެރޭ މާލޭ މަގުމަތީގައި އަބަދު އުޅެގެން ވެސް ރައީސް ޔާމީން ގެއަށް ގެނެސްދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިލްޔާސް ކެމްޕޭނަށް ހުވަދުއަތޮޅަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އަރިހުގައި ރައީސް ނަޝީދުފެ އިތުރުން ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަބްމެރިން ކޭބަލް އެެޅި ކަން އިނގޭނެ އެއްވެސް ދިވެއްސަކު ރާއްޖެ އަކު ނެތޭ ދެން ކޭބަލް ނޭޅިއަސް އަދި އެޅިނަމަވެސް ރައީސް އިބޫ އަކީ ރާއްޖޭގެ ދިވެހިންނަށް ހުރި ޗޮއިސް އެއް ނޫނޭ އެއީ އިންޑިއާ އެމްބަސޭ އަށް ހުރި ޗޮއިސް އެކޭ އެއީ އިންޑިއާ ސިފައިންނަށް ހުރި ޗޮއިސް އެކޭ އެއީ ދިވެހިންނަށް ހުރި ޗޮއިސް އެއް ނޫނޭ އެއީ ދިވެހިރާއްޖޭގެ މިނިވަން ކަން އަނބުރާ ހޯދުމަށް ހުރި ޗޮއިސް އެއް ނޫނޭ އެއީ ރާއްޖޭގެ ކަނޑު އަލުން އިންޑިއާ އަތުން އަތުލެވޭނެ ޗޮއިސް އެއް ނޫނޭ
އިއްޒު އަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައީސް އިބޫ ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އުމަރު ނަސީރު ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫން ކާރނަލް ނާޒިމް ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫން އިލްޔާސް ލަބީބު ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައްޔިތުންނަށް މިފަހަރު ހުރި ޗޮއިސް އަކީ ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އަކީ އެޗޮއިސް ގެންނާންވީ ޕީޕީއެެމް އިން ވެރިކަމަށް ގެންނަންވީއޭ
ޔާމީނު ޖަލަށްލުމަށް ލިއުން ހަދާ ބަދަލު ހިފުމަށް މިކަން ރާވާ ހެދިމީހުން މިހާރު ތިބީ ދަނޑި ޕާޓީގަ.މިހާރު އެ އުލެނީ އަމިއްލަ މަންފާ ހޯދަން.