ޚަބަރު

އާބަދީ ގޮތުން ކުޑަ ރަށްރަށަށް ސަރުކާރުން ހަރަދެއް ނުކުރާނަން: ޒަމީލް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އާބާދީ ގޮތުން ކުޑަ ރަށްރަށަށް ޚަރަދު ނުކުރައްވާނެކަމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޒަމީލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "މެނިފެސްޓޯ" ޕްރޮގްރާމްގައި  ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ހާހަކަށް ވުރެ ކުޑަ އާބާދީތައް ހިމެނޭ ރަށްތައް ތަރައްގީ ނުކުރާނެ ކަމަށާއި އެކަމަށް ހުރާ ހޭދަ އަކީ ބޭކާރު ބޮޑު ހޭދައެއް ކަމަށް ފާހަގަކުރައްވަމުން ޒަމީލް ވިދާޅުވީ، އެބޭފުޅާގެ އަމިއްލަ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއްދެއްވާނީ ބޮޑެތި އާބާދީ ހިމެނޭ ރަށްތައް ތަރައްގީކޮށް، އެ ރަށްތައް ކުރިއެރުވުން ކަމަށެވެ.

މިއީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ވާހަކަފުޅުތަކާއި ތަފާތުކޮށް މިފަދަ ވާހަކައެއް ވިދާޅުވި ފުރަތަމަ ބޭފުޅާ ކަމަށްވާއިރު، ކުދި އާބާދީތަކަށް ސަރުކާރުތަކުން އިހްމާލުވާކަމުގެ ވާހަކައަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވެސް ވަރަށް ގިނައިން ވިދާޅުވާ ވާހަކައެއްކަން ފާހަގަކުރެވެއެވެ.

"ރާއްޖޭގެ ހުރިހާ ރަށްރަށެއް އެއްވަރަކަށް އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ ވަރަށް ބޮޑު ކަމެއް. އަޅުގަނޑު އެއްވަރަކަށް ވެސް ނުވިސްނަން ހުރިހާ ރަށްތައް އެއްވަރަކަށް ތަރައްގީ ކުރުމަކަށް .. ހާހަކަށް ވުރެ އާބަދީ ގޮތުން ކުޑަ ރަށްރަށަށް ސަރުކާރުން ހަރަދެއް ނުކުރާނަން" ޒަމީލް ވިދާޅުވިއެވެ.

ޒަމީލް ކެމްޕެއިން މަސައްކަތް ފެއްޓެވިއިރު، ރަށްރަށަށް ޒިޔާރަތްކޮށް ކެމްޕެއިން ކުރުމަކީ އެކަމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށްވާތީ އެ ޚަރަދުކުރުމަށް ކުޅަދާނަ ކަމަކަށް ނުވާތީވެ، ކެމްޕެއިންގެ ބޮޑުބައި ކުރިއަށް ގެންދާނީ އޮންލައިކޮށް ސޯޝަލް މީޑިއާގައި ކަމަށް ޒަމީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ޒަމީލްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސާފައިވާ އަނބިކަނބަލުން މަރިޔަމް އަލީމް ވެސް ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އެޓޯލްސް މިނިސްޓްރީގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާއިރު، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި 11 އަހަރު ހިދުމަތް ކުރައްވާފައިވެއެވެ.

Ads by Ooredoo
  1. ބޯ ހަމަޖެހޭބާ

  2. ކިޔުންތެރިޔާ

    އާބާދީ ކުދި ރަށްރަށު މީހުން ޒަމީލަށް ވޯޓެއް ނާޅާނެ.

  3. އެހެންވީރު ކުޑަ އާބާދީ ރަށްރަށުގެ ވޯޓް ތިޔަ ގެއްލުނީ. އޭގެ މާނަޔަކީ ރާއްޖޭގެ ބޮޑު އިންސައްތައިގެ ވޯޓު ތިޔަ ގެއްލުނީ