ޚަބަރު ސިޔާސީ

އަޅުގަނޑުގެ ވެރިކަމެެއްގައި ރިސްކު ނަގައިގެން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ އެލަވެންސް ބޮޑުކޮށްދޭނަން: ޤާސިމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސެޕްޓެންބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް ނަގައިގެން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ރިސްކް އެލަވަންސް ބޮޑު ކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޮޑުތިލަދުންމަތީގެ ރަށްތަކަށް ޤާސިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ކުރިނބީ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސަބަބުން ވަޒީފާ އަދާކުރާ މިހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށާއި އެކިއެކި މަސައްކަތުގައި އުޅޭ އިރު، ރިސްކް ހުންނާނީ އެކި މިންވަރަށް ކަމަށެވެ. އަދި ޤާސިމްގެ ވެރިކަމެއްގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރައްވަން ނިންމަވާފައިވާ ކަމަށް ހާމަކުރައްވާފައިވެއެވެ.

އޭގެތެރޭގައި ފުލުހުންނާއި ސިފައިންނާއި، އެއާޕޯޓު މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލްތަކުގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ކޮންމެ މީހަކަށް މި އެލަވަންސް ލިބޭނެކަމަށާއި އަދި އެހެން ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ވެސް އެމީހަކު އަދާކުރާ ވަޒީފާގެ ރިސްކަށް ބަލާފައި އެލަވަންސް ދެއްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ހދ. ނައިވާދޫގައި ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާ ވިދާޅުވީ ހޮސްޕިޓަލެއްގެ ރިސެޕްޝަނެއްގައި އެއާޕޯޓުގެ ރޭމްޕުގައި އާއި ހޮސްޕިޓަލެއްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި ވަޒީފާ އަދާ ކުރާ މީހަކަށް ވުރެ ރިސެޕްޝަންގައި އިންނަ މީހާ އަށް ރިސްކް ކުޑަވާނެ ކަމަށާއި، އެހެންވީމަ އެކަންކަން އެސެސްކޮށް އެކަމާ ގުޅުން ހުރި ކޮންމެ ދާއިރާއަކުން ހާއްސަ އެލަވަންސެއް ދިނުމާއި ރައްކާތެރިކަން ދިނުމަކީ ވައުދުތަކުގެ ތެރޭގައި ހިމަނަން ޖެހޭ ވަރަށް މުހިންމު ކަމެއްކަމަށެވެ.

"އެފަދަ ހުރިހާ ބާވަތެއްގެ މަސައްކަތެއް، އެއާޕޯޓްގެ ރޭމްޕެއް ނޫން. އެ ނޫން ވެސް އެހެން ރިސްކްގައި މަސައްކަތް ކުރަން ޖެހޭ ކޮންމެ މުވައްޒަފަކު ރިސްކް އެލަވަންސް ގާސިމްގެ ވެރިކަމެއްގައި ނުވަތަ ގާސިމް ވެރިކަމަށް ވަޑައިގެންފި ނަމަ، އެ ރިސްކަށް ހާއްސަ ކުރެވޭ އެލަވަންސް (ލިބޭނެ)،" ނިހާން ވިދާޅުވިއެވެ.

ހަމައެއާއެކު، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ގާސިމް ވެރިކަމެއްގައި ދެއްވާނެ ކަމަށްވެސް ނިހާނު ވިދާޅުވިއެވެ.

Ads by HDC
  1. އަހަރެން

    ޤާސިމު މިޔަދު ހދ ނައިވާދޫއައް ދިޔަދަތުރުގާއެރަށުން ޤާސިމައްމަރުހބާދެންނުވުގާ ތިބީއެރަށު އެމްޑީޕީމެމްބަރ އެނޫން އެއްވެސް މީހަކުނެއް އެކަން ކުރީއެމްޑީޕީ ބަޔަކު ރޭވުމުގާ ޤާސިމު ހިތްހަމަޖައްސާލުމައް