ޚަބަރު ސިޔާސީ

އިންތި ރޮޒައިނާއަށް: ޤައުމުގެ ވާހަކަ ދައްކަވަން ޓްވިޓާ ބޭނުން ނުކުރައްވައި މަޖިލިހަށް ވަޑައިގަންނަވާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޤައުމުގެ ވާހަކަ ދައްކަވަން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޓްވިޓާ ބޭނުންކުރައްވާކަން ފާހަގަކޮށް އެފަދަ ވާހަކަ ދެއްކެވުމަށް މަޖިލީހަށް ވަޑައިގަތުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންތި މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ މުސްތަޤުބަލަށްޓަކައި އަދި އެމްޑީޕީވެސް އޭގެ އަސްލަށް ރުޖޫއަވެ އެޕާޓީގެ މުސްތަޤްބަލަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމުން ދުރުކުރަން ޖެހޭކަމަށް އިންތި ވިދާޅުވުމާއި ގުޅިގެން އެކަމަށް ރޮޒައިނާ ޓްވިޓާ މެދުވެރިކޮށް ރައްދު ދެއްވުމުންނެވެ.

އެގޮތުން ރޮޒައިނާ ވިދާޅުވީ ޤައުމުގެ މުސްތަޤްބަލަށްވުރެ ޑިމޮކްރެޓްސް ޕާޓީގެ މުސްތަޤްބަލު އިންތިއަށް މުހިންމުވީމަ އެކަމާއި ހިތާމަކުރައްވާ ކަމަށެވެ.

އަދި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް މަސައްކަތް ކުރެވޭނީ ޤައުމު ސަލާމަތްކޮށްގެންކަމަށާއި އެހެންނަމަވެސް އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ޤައުމު ގަންބާލުން އިމްތިޔާޒް އާއި އެބޭފުޅާގެ އެއްވިސްނުމުގެ ބޭފުޅުންނަށް “އޯކޭ” ކަމަށާއި އެކަމަކީވެސް ހިތާމަވެރިކަމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާއަށް ރައްދު ދެއްވަމުން އިންތި ވިދާޅުވީ ޤައުމުގެ ވާހަކަ ދައްކަވަން ރޮޒައިނާ މަޖިލީހަށް ވަޑައިގަތުމަށާއި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށްފަހު މަޖިލީހުގެ ރޮޒައިނާ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަމަށެވެ.

Ads by Allied Insurance
  1. ގައުމު

    އިންތި އެބުނުއްވީ ހަމަ ތެދެއް، ގައުމޭ ކިއައިގެން އަނގަހަލުވަން ޖެހޭނީ އަނގަހަލުވަން ދީފައޮތް މަހައަލުގާ، ފުރަތަމަ ބުރުގެ ވޯޓުނެގިފަހުން އެއޮްވަރަށް ފެންމައްޗަށް އަރައގިން ބަކަތެޅި ރޮޒޭނާ ވީތަނެއްވެސް ނޭނގުން ބިމުގެ ފާތަޅާއަށް ވަދެގެން ދިއޭބާއޭވެސް ހިތަށްއަރާ،