ޚަބަރު

ރިސޯޓް މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ލިބޭ ގޮތް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަރަށް ގިނަ އާއިލާތަކެއް ބަލަހައްޓަމުންދާ ބައެއް ކަމަށެވެ. އެ މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކާއި ސަރުކާރުން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ އެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރިސޯޓް މުވައްޒަފުން އެމަނިިކުފާނާއި ބައްދަލުކޮށް ވިދާޅުވި ކަމަށާއި ނަމަވެސް އިތުރަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއްގެ ލަފާ އެ މުވައްޒަފުންގެ ފަރާތުން ލިބުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއް ކަމެއްގެ ގޮތުގައި އެ ބޭފުޅުން ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޝަނެއް އުފެއްދުމެވެ. އެއީ މުވައްޒަފުންނާއި ރިސޯޓުގެ ވެރިންނާއި ޓުއާ އޮޕަރޭޓަރުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބައެއް ހިމެނޭނެ ކޮމިޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ހުށަހެޅުން ގަބޫލްކޮށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާނަން،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ރިސޯޓް މުވައްޒަފުން ހުށަހެޅުއްވީ ހަފްތާއަކު މިހާރު މަސައްކަތް ކުރާ 48 ގަޑައިރު، 40 ގަޑިއިރަށް މަދުކޮށް، ހަފްތާއަކު ދެ ދުވަހު ޗުއްޓީއެއް ލިބޭ ގޮތަށް ހަދައިދިނުމަށެވެ. ރިސޯޓްގެ ވެރިންނާއި މުވައްޒަފުންނާއިއެކުގައި މަޝްވަރާކޮށް އެ އެދުމަށް އިޖާބަ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބޭ މައްސަލައަށް ހައްލު ގެނައުމަށް އެ މަގާމުތަކަށް ދިވެހިން އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް ރިސޯޓް މުވައްޒަފުން ލަފާ އެރުވި ކަމަށެވެ.

"ސަރުކާރުން ދޭ ސްކޮލާޝިޕްގެ ތެރޭގައި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ މަތީ ފަންތީގެ މަގާމުތަށް ހިމެނޭގޮތަށް ސްކޮލާޝިޕް ސްކީމެއް އުފައްދާ އޭގެ ތެރެއިން  ރިސޯތްތަކުގެ ޖެނަރަލް މެނޭޖަރުންނާއި ހިސާބަށް މީހުން ޓްރެއިންކުރުމުގެ މަސައްކަތްތަކެއް ވީހާވެސް އަވަހަށް ފައްޓާނަން،" ރައީސް ވިދާޅުވިއެވެ.

Ads by HDC
  1. ގުޅޭށޭ

    ކޮވިޑް އިން ވައްކަންކުރި ސަރުކާރަކާއިއެކު އެމްޑީޕީގެ އެންމެމެމްބަރަކު ވެސް ހުންނާނެ ކަމެއްނެތޭ އެމްޑީޕީ ހުރިހާ މެމްބަރުން ލޯބިވާންވީ ގައުމުގެ މިނިވަންކަން ދެކެއޭ އުތުރުތިލަފުށި ފުރާ އިންޑިއާ ސިފައިން އަޅައިގެން އެމެން އެތަނުގައި ބަރުހަތިޔާރު މާލެ އާއި ދިމާލަށް އަމާޒު ކޮށްގެން ބަހައްޓަން ހުއްދަ ދިން ރައީސަކާއި އެކު ރައްޔިތުން ހޮވާފައިވާ މަޖްލީހުގެ މެމްބަރަކު ހުންނާނެ ކަމެއް ނެތޭ ތަމެން އައިސް ގުޅެންވީ މަމެން މިނިވަންކަން އަނބުރާ ހޯދާ ޖިހާދު ޓީމާއި ގުޅެންވީއޭ ޕީޕީއެމްއިން ގައުމުގެ މިނިވަން ކަން ހޯދަން މިކުރާ ޖިހާދުގައި އެމްޑީޕީގެ ހުރިހާ އެމްޕީން ބައިވެރިވާށޭ އެމްޑީޕީ ދޫކޮށްލާށޭ އެއީ އަނދިރިއަނދިރިންގެ ދަރިއެކޭ އިބޫ އަދި ފޮރިނޭ ޖީވަނޭ އެއީ އެމްޑީޕީގައި ތިބި މަށް ދިވެހިން ގައުމުގެ މިނިވަން ކަން އަނބުރާ ހޯދަން ޖިހާދު ކުރާ ޓީމާއި ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ ގުޅޭށޭ