ޚަބަރު ސިޔާސީ

ރައީސް ޞާލިޙް ކެންޕެއިނަށް އައްޑޫއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރޭ އައްޑުއަށް ވަޑައިގެންފިއެވެ.

Ads by Hajj Corporation

ރައީސް އައްޑުއަށް ފުރާވަޑައިގެންނެވީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އައްޑުއަށް ފަހު ފުވައްމުލަކާއި ގދ. ތިނަދުއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ޞާލިޙް މި ރަށްރަށަށް ދިޔުމަށް ހަމަޖެހިފައިވާއިރު އިއްޔ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތިނަދޫ އަށާއި ފުވައްމުލަކަށް ވަޑައިގެންފައެވެ. މިއަދު އެމަނިކުފާނު ވަޑައިގަންނަވާނީ އައްޑޫއަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ މުއިއްޒުއެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެވަނަ ހޯއްދެވި އިރު އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

Ads by Allied Insurance
  1. އައުޓޭ

    އިބޫޖަލުގަަ ތާއަބަދައްް ބަހައްޓާންޖެހޭވަރައްް ގިނަަ ވައްކަންރައްް ކޮއްފިި އަހަންނައްް ފެންނަނީީ މިހާރުންް ފެށިގެންް އަމިއްލަޔައްވެސްް ޖަލުގައިި ދެހުރިދުވަސްތައްް ހޭދަކުރާންފަށަންނ އޭރުންް ތަންކޮޅެއްް ތާހިރުވެދާނެެ
    އިބޫނޫންގޮތެއްް މުޅިރާއްޖެެއައްް ބޭނުންޖެހިއްޖެެ