ޚަބަރު ސިޔާސީ

ރީކޯ މޫސަގެ ސުވާލެއް: މޭޔަރެއްގެ ހައިސިއްޔަތުން އެއްވެސް ކަމެއް ނުކޮށްދެވުނު ބޭފުޅަކަށް ވެރިކަން ހަވާލުކުރަންވީތޯ؟

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެތައް އަހަރެއް ވަންދެން މާލޭގެ މޭޔަރަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ހުންނަވައިގެންވެސް ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވުނުކަމަށާއި އެވަރު ބޭފުޅެއްގެ އަތްމައްޗަށް ޤައުމު ދޫކޮށްލަންވީތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ސުވާލުކުރައްވައިފިއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ރޭ މާލޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރީކޯ ވިދާޅުވީ، މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަތާ އުމުރުން ވީހާ ދުވަހެއްވެއްޖެކަމަށާއި ނަމަވެސް ޕާކިންގެ މައްސަލައަކަށްވެސް ހައްލެއް ހޯއްދަވާދެއްވާފައިނުވާކަމަށެވެ.

"މި މާލޭގެ ކައުންސިލެއް ހަދާފައި މި މާލޭގެ މޭޔަރުކަމަށް މުއިއްޒު ހުންނަތާ މިހާރު ކިތައް އަހަރު ވެދާނެ. އަޅުގަނޑުމެން އުމުރުން ވީހާ ދުވަހެއްވީ. އެއްވެސް މަގެއްގައި ޕާކިން ހަމަޖެހިއްޖެތޯ. އޭސީ އިން ބޮލަށް ފެންތިކި ތެޅުން ހުއްޓިއްޖެތޯ. މަގުތަކުގެ ޕޭވްމަންޓަތަކުގެ ގާތަށް އެއްވަރު ވެއްޖެތޯ. ކީކޭ ބުނާނީ. ދެން އަޅުގަނޑުމެން ވެރިކަން ހަވާލުކުރަންވީ؟" ރީކޯ ވިދާޅުވިއެވެ.

މީގެ އިތުރުން، އިދިކޮޅުން މެދުކެނޑުމެއްނެތި މި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭކަމަށްބުނެ ދޮގު ހަދައި އޮޅުވާލަމުންދާކަމަށް ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ އިދިކޮޅުން އެ ފަތުރައްވަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލެއްގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، ހާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގައިވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިންކަށެވެ.

"އަވަށްޓެރި ގައުމުތަކަށް ހެސްކިޔާފަ ބަވާ ނަގާއިރު އެމީހުންނަކަށް ނޭނގޭތޯ މާދަމާވެސް ހާލެއްގެ ޖެހިއްޖިއްޔާ އަޅާލަންތިބީ މި ގައުމަށް، އަވަށްޓެރި ގައުމުތަކަށް އެއްޗިހި ކިޔާއިރު، އެންމެފަހުން މިދިޔަ ސުނާމީގައި އެންމެ ބޮޑު ކަރިސާގައިވެސް މިތަނަށް އެހީވާން އައީ އިންޑިއާ މީހުން. އެންމެފަހުން މިދިޔަ ބޮޑު ކޮވިޑް ރޯގާ ތެރޭގައިވެސް އަޅުގަނޑުމެންނަށް އެހީވީ ހަމަ އިންޑިއާ މީހުން. މާދަމާ އަޅުގަނޑުމެންނަށް ކަމެއް ޖެހުނަސް އެހީވާން ތިބީ އެ މީހުން. އަޅުގަނޑުމެނެއް ނޫޅެމޭ އެކަންތައް ބޮޑުވެގެންނެއް. މި ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ކަންބޮޑުވެގެންނޭ ކިޔާއިރު އިންޑިއާ ސިފައިންނެއް ނުވެސް ނެތޭ. އިއްޔެގައިވެސް އިންޑިއާ ސިފައިންގެ މީހެކޭ ކިޔާފަ ކީ އިރު އެއީ ދިވެހި ސިފައިންގެ މީހެއް. މިވަރަށް ދޮގު ހަދާ އޮޅުވާލައިގެން މި ރާއްޖޭގެ ވެރިކަން ހޯދުމަށް. ތަންކޮޅެއް ސާފުކޮށް ރީތި ވާހަކަ ދައްކާ" ރީކޯ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ މި ރާއްޖޭގެ ރައްޔިތުން އަނިޔާވެރިކަމެއް ބޭނުން ނުވާކަމަށާއި ރައްޔިތުން ޤައުމު ފަނާކުރާކަށްވެސް ބޭނުންނުވާކަމަށެވެ. މި ރާއްޖޭގެ ރައްޔިތުންނަށް ތަޅާ ރޯނާ ކުރާނެ ވެރިންނެއް ބޭނުމެއް ނުވާކަމަށާއި އަދި މި ރާއްޖޭގެ ރައްޔިތުން ވައްކަން ކުރާނެ ވެރިންނެއްވެސް ބޭނުމެއް ނުވާކަމަށް ރީކޯ ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިޔާޔަތްކުރެވޭނީ އެމްޑީޕީއަށްކަމަށާއި އެއަށްވުރެ ބޮޑަށް ރައްޔިތުންނަށްޓަކައި ގުރުބާންވާނެ ބަޔަކު ނުތިބޭނެކަމަށް ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ބޮޑު ތަނުން ކާމިޔާބުކުރާނެކަމަށެވެ.

Ads by Ooredoo
  1. ޮންކަލޯ

    ރީކޯމޫސަރީކޯމޫސަގެމަގާމުގަ ހުރެގެން މިގައުމައް ކޮއްދެވުނު އެއްވެސް ކަމެއްއެބަ އޮތްތޯ ކުރެވުނު ކަމެއްކުރެވުނީ މިގައުމު ފަސާދަކޮއް މިގައުމުގެ މިނިވަން ކަންނަގާލުމާއި އެއްބައިވަންތަކަން ނެތިކޮއް ފުޑުފުޑު ކޮއްލުމުގެ ޒިންމާ ނަގަންޖެހޭފަރާތެއް ރައްޔަތުން މިތިބެނީ ބަލަން ރީތިކޮއްސާފުކޮއް ފެނޭ މޫސާ!

  2. އަބްދޫ

    ތިލްފުށީ ބިން ހިއްކުމުގެ ނަމުގަ ނަސީދު ދިން 21 މިލިއން ޑޮލަރާ އެއްވަރަށް ބިން ހިކުނު ތޯ ތަހުގީގު ހިންގުނަ މިފަހަރު ބާއްވާނަން.

  3. ދޮށީބޭ

    ސަރުކާރުން ހުރަސް އަޅަމުން ޖެއްސުންކޮށް ދަތިކުރަމުން ދެކޮޅު ހަދަމުން ދިޔައިރުގަވެސް މޭޔަރ ހާދަހާގިނަކަންކން ކޮށްދީފިއޭ! މޫސާމަނިކު މާލޭގަދިރުއުޅޭ މީހައަށް ނޭނގުނު އެވަރުވެސް…ހާދަބޮޑަށް ކަހާލާފަތިހުރީ…ތިހާތަންދޮރުނޭނގޭމީހެއްކަމެއް،ކުރިއަކުނޭނގޭ…ވަރަށް ބޮޑަށް މުޢިއްޒާދޭތެރެ ޙަސަދައޮތް ކަމަށް ސުރުޚީ ހެކިދޭ!