ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އިންތިޚާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު

އިންތިޚާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރިޕޯޓާމެދު ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ލިޔުމުން އީސީ އަށް ހުށަހެޅުމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އީސީން ހުޅުވާލާފައި ވާއިރު މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާ ހިމެނޭ އިރު ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މިހާރު ވަނީ 6 ދާއިރާއެއް އިތުރު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!