ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ދެވަނަ ފަހަރަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން ބަލައިގަންނަން ދަތިވާނެ: ރައީސް ނަޝީދު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދެވަނަ ފަހަރަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން ބަލައިގަންނަން ދަތިވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފަށާފައި ވާތީއެވެ.

އެމްޑީޕީން މީގެ ކުރިންވެސް ވަނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.

ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ލިބޭނެ ކަމަށް އެމްޑީޕީން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގާފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު އަނެއްކާވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާތީ މިކަމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން އަނބުރާ ގެންދިއުމުން ދެން އަލުން މި ދައުރުގައި އެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

ހަމަ އެހެންމެ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތްކަމުގެ އެއް މައްސަލަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދެވަނަ ފަހަރަށް އެއް މައްސަލައެއް ހުށަހެޅުމުން ދެން އެ ބަލައިގަތުމަށް ދަތިވާނެ ކަމަށާއި ދެން އައު އިތުރު މައްސަލައެއް ހުށަހެޅޭނީ އަންނަ ފެބްރުއަރީ މަހު ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް މީގެ ކުރީން އެމްޑީޕީން މަޖިލީހަށް ހުށައެޅީ 54 މެންބަރުންގެ ސޮޔާ އެކުއެވެ. އެ މައްސަލަ ނުނިންމާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ އަބްދުﷲ ވަކިކުރަން ހުށަހެޅުމާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނެ ބޭފުޅަކާމެދު ސުވާލު އުފެދި ޖަލްސާތައް އޭރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

  1. އެއީ ތެދެއް، އެހެނަސް އެމްޑީޕީއަށް ދޯކާ ދިނީމާ ބޮޑު ގޮޑީގައި ހުރެވޭނީ މެޖޯރިޓީ އޮންނަބަޔަކަށް ނުންތޯ، މެޖޯރިޓީ ޕާޓީ ނުރުހޭ މީހަކަށް ބޮޑު ގޮޑީގައި ނުހުރެވޭނެތާ،

  2. ރައްޔިތުންގެ ސީދާ އިތުބާރު އޮތް އެކަކުވެސް މިހާރަކު ތިޔަތާ ނޫޅޭ ވޯޓަކަށް ދަމާ ވާގޮތެއްބަލަން، އެއީ ތިމީހުންވެސް އެކަކު އަނެކަކަށް އިތުބާރެއް ނުކޭވިއްޔާ !