ޚަބަރު ސިޔާސީ

ދެވަނަ ބުރުގައި މަސައްކަތްކުރި އޮފިޝަލުންނަށް މި ހަފްތާ ތެރޭގައި އެލަވަންސް ދެނީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިލެކްޝަންސް ކޮމިޝަން (އިސީ) ގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފުންނަށް، މި ހަފްތާތެރޭގައި އެލަވަންސް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޙަބީބު ވިދާޅުވީ އިންތިޚާބުގައި މަސައްކަތްކުރި މުޅި ޓާސްކްފޯހުގައި ހިމެނޭ މީހުންނަށް އެލަވަންސް ދިނުމަށް ފިނޭންސް މިނިސްޓްރީއަށް މި ހަފްތާގައި ފޮނުވާނެކަމަށެވެ.

ޙަބީބު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރި އެންމެންނަށް ފައިސާ ދިނުމަށް، އިންތިޚާބުގެ ދެ ބުރުގެ ތެރެއިން، ކޮންމެ ބުރަކަށް 18 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށެވެ. އަދި އެއީ ހަމައެކަނި އޮފިޝަލުންގެ އެލަވަންސް ނޫންކަމަށާއި އޭގެ ތެރޭގައި ޓްރެއިނީސްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި މަސައްކަތްކުރި ހުރިހާ އޮފިޝަލުންގެ ތެރެއިން ބައެއް ރިސޯޓުތަކުގެ ސެންޓަރު ތަކުގައި ހަރަކާތްތެރިވި މީހުން ފިޔަވައި ހުރިހާ މީހުންނަށް އެލަވަންސް ދީފައިވާނެކަމަށް ޙަބީބު ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ބުރުގައި 5000 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވެފައެވެ.

  1. އަދި އެެްވެސް ބުރެއްގެ ފައިސާއެއް އަތޮޅު ސިޓީ ބިއުރޯގެ މެންބަރަކަށް ނުލިބޭ ؟؟؟؟؟؟ ޥާނުވާ ބަލާފަ ވާހަކަ ދައްކަބަލަ!!!

    • ނުލިބޭ

      ހަފްތާ ނިމުނީ އަދިވެސް ނުލިބޭ!!!