ޚަބަރު ސިޔާސީ

ސިޔާސީ މަޤާމުތަކުގައި ތިބި ބޭފުޅުންނަށް، ސިވިލް ސާވިސްގެ ތެރެއިން ވަޒީފާ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން: އަދުރޭ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން ޢަބްދުރަޙީމް ޢަބްދުﷲ (އަދުރޭ) ވާހަކަފުޅު ދައްކަވަނީ ފޮޓޯ: ޕީއެންސީ

ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން، އާ ސަރުކާރެއް އައުމާއެކު މިހާރު ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލޭނެތީ، ސިވިލް ސާވިސްގެ ތެރެއިން ވަޒީފާ އުފައްދައި، ވަޒީފާ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މ. ދިމްޔާތުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިސަރުކާރުގެ ބައެއް ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ސިވިލް ސާވިސްގެ މަގާމުތަކަށް އައްޔަން ކުރައްވަން އުޅޭކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

އެފަދަ ކަމެއް ނުކުރުމަށް އަދުރޭ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސަށް ގޮވާލައްވާފައެވެ.

"ސިޔާސީ މަޤާމުތަކުގައި މިއަދު ތިއްބަވާނީ މިހާރު އޮތް ސަރުކާރުގެ ސިޔާސީ ވިސްނުމަށް ތާއީދު ކުރައްވާ ފަރާތްތަކުން. އެ ވިސްނުމާ ތަފާތު ބޭފުޅުންތަކެއް މިހާރު ސަރުކާރަށް މި ވަޑައިގަންނަވަނީ."

"އެހެންވީމައި އެބޭފުޅުން ވަޑައިގަންނަވަން ވާއިރަށް މިހާރު ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އަނެއްކާ ދެން އަންނަ ސަރުކާރެއްގެ ތެރޭގައި ތިބެވޭގޮތަށް ސިވިލް ސާވިސްގެ ތެރޭގައި މަޤާމު އުފައްދައިގެން އެ ބޭފުޅުންނަށް މަޤާމު ދިނުމުގެ ވިސްނުން ގެންގުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އިތުރު ސިޔާސީ މަޤާމުތައް ނޫފެއްދުމަށާއި ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަނު ނުކުރުމަށް އެދިވަޑައިގެންފައެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ އިންތިޤާލީ މަރުހަލާގައި ވަކި ކަންތައްތަކެއް ނުކުރުމަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ. އަދި އެމަނިކުފާނު އެދިލެއްވި ކަންކަމަށް އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު އެދިވަޑައިގެންނެވި ބައެއް ކަންތައްތަކުގެ ތެރޭގައި އާ ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަނު ނުކުރުމާއި، އާ މަޝްރޫޢުތައް ނުފެށުމާއި މިފަދަ 7 ކަމެއް ފާހަގަކުރައްވާފައިވެއެވެ.

Ads by Ooredoo
  1. ހުންމާ

    ކަލެއަށ ތަންދޮރުނޭގޭވަރ އަބަދުވެސ ތިހާމ ކުރަނ ކަލޭގ ދަރިއަށ ވަޒީރުކަނ ނުދީގެނ ބޮޑާހާކ ވާހަކ ޖުހާބުނ މިހާރ މުއިއްޒަށ ބިރ ދައްކަނީޔޯ