ޚަބަރު ސިއްޙަތު

ކުޑަކުދިންނަށް ދިމާވާ ނުރައްކާތެރި ޙާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިނގައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުޑަކުދިންނަށް ދިމާވާ ސިއްޙީ ނުރައްކާތެރި ޙާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންކަން ދަސްކޮށްދިނުމަށް އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓު ކޯހެއް ކުރިއަށްގެންގޮސްފިއެވެ.

Ads by STELCO

މި ކޯހަކީ އޮސްޓްރޭލިއާގެ އޭ.ޕީ.އެލް އެސް، ޔުނިސެފް އަދި ހެލްތު މިނިސްޓްރީގެ ބައިވެރިވުމާއެކު ހިންގި ކޯހެކެވެ. އަދި މިއީ ރާއްޖޭގައި މި ކޯސް ކުރިއަށް ގެންދިޔަ 6 ވަނަ ފަހަރެވެ.

އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓު ކޯހުގައި އައި.ޖީ.އެމް.އެޗް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބައިވެރިވެފައި ވެއެވެ.

އެގޮތުން މި ކޯހުގައި ބައިވެރިވެ 22 ޑޮކްޓަރަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

ކޯހުގައި ހިމެނޭ އޮންލައިން ކޮމްޕޯނެންޓް ނިންމުމަށްފަހު، ޕްރެޓިކަލް ބައި ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަންގެ ޢިމާރާތުގައި އޮކްޓޯބަރު 31 އިން ފެށިގެން ނޮވެމްބަރު 2 ނިޔަލަށެވެ.

މި ކޯހުގައި އެކިއެކި ޙާލަތްތަކުގައި ހަރަކާތްތެރިވާނެގޮތުގެ ޢަމަލީ ތަމްރީންތައް ދަސްކޮށްދީ  ފުރާނައަށް ނުރައްކާވާފަދަ ސީރިއަސް ހާލަތަކަށް ހުށަހެޅިފައިވާ ކުއްޖެއްގެ ޙާލަތު ދެނެގަންނަން ވަނީ ދަސްކޮށްދީފައެވެ.

މިގޮތުން އެކްސިޑެންޓްވެ ނުވަތަ ނުވަތަ ތަޙައްމަލުކުރާ ބަލީގެ ސަބަބުން އިތުރަށް ދިމާވެދާނެ ކޮމްޕްލިކޭޝަންތައް ދެނެގަނެ، އޭގެން ސަލާމަތްކޮށް، ކުއްޖާ ރަނގަޅު ޙާލަތެއްގައި ދެމެހެއްޓުމަށް ބޭނުންވާ އަވަސް ފަރުވާދެވޭނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.

މި ކޯސް ހިންގުމުގައި އޮސްޓްރޭލިއާގެ އޭ.ޕީ.އެލް އެސްގެ 6 ޑޮކްޓަރުންނާއި، ކޯހުގެ ޓްރޭނަރުންގެ ތަމްރީން ލިބިފައިވާ ދިވެހި 4 ޑޮކްޓަރުންވެސް ވަނީ ބައިވެރިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!