ޚަބަރު ރައްޔިތުންގެ މަޖިލިސް

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

އެގޮތުން ނަޝީދު އިސްލާހު ހުށަހަޅުއްވާފައި ވަނީ "އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވާ މީހުން" އެތެރެވުން މަނާ ކުރުމަށެވެ.

މިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އިސްރާއީލު މީހުން ރާއްޖެ އެތެރެނުވެވޭނެ ބިލެއް މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށެވެ.

ހަމަ އެހެންމެ ހުރިހާ ދާއިރާއެއްގެ އާއްމު ރައްޔިތުން އެ ދާއިރާގެ މެންބަރު އަރިހުގައި މި ބިލަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައި ގަތުމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކަށް މަހަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު އެކަން ކުށްވެރިކޮށް ހުއްޓުވުމަށާއި އަދި އޯގަނައިޒޭޝަންސް ފޯ އިސްލާމިކް ކޯޕަރޭޝަންގެ ޤައުމުތަކުން އިސްރާއީލުގެ ޕާސްޕޯޓުގައި އަންނަ ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާތީ ރާއްޖެއިންވެސް އެ ޤައުމުތައް ނަމޫނާއަކަށް ދެކި އިސްރާއީލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމްގްރޭޝަން ޤާނޫނަށް އިސްލާހް ގެނައުން ކަމަށެވެ.

Ads by PNC
  1. ސޮރީސޮރީ

    އިންޑިއާ އެމްބަސޭ ވަގުތު ކުޑަ ތަން ނުވަނީސް އިންޑިއާ ސިފައިން ރާއްޖޭން އެއްކޮށް ބާލާ ތިޔާ ހެލިކޮޕްޓަރު ގަނޑާއި އަދި ޑޯނިއަރ ގަނޑު ގެންދަންވީއޭ ތަމެން އިންޑިއާ އަށް ގެންގޮސް ތިޔާ ތަކެތި ފިލިޕީންސް އަށް ދީގެން އެމެން ބެބޫ ހައްދައިގެން އެގައުމުގެ އިސްތިގްލާލާއި ކުޅެވޭތޯ ބަލާށޭ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ ޔޫ ގޮޓާ ގޯ އެން އެންގްރީ އެޓް އޯލް އޮފް އަވަރ އޮނެސްޓީ އޮން އަވަރ ލިބަރޓީ އިޒް އިޓް ޓޫ ލޭޓް ޓު ސޯ ޔޫއާރ ސޮރީ ސޮރީ ސޮރީ ސޮރީ….

  2. އަފީފު

    ދިވެހި ޕާސްޕޯރޓްގަ ޔޫރަޕްގެ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ނިންމާފިއްޔާ……

    • އިބްރާ

      ނުގޮސް ތިބޭނީ…

    • ހާލަތު

      ގަވައިދާ ހިލާފަށް އުޅޭ ބަންގާޅީން އައުޓް ގޮވާކަށް ނުވޭތޯ! މި މީހުންނާހެދި މަގުތަކުގައި ހިނގާ އުޅެން އުނދަގޫ އަދި ދުއްވާ އެެއްޗެއްސަށްވެސް އެހާ އުނދަގޫވޭ!!!!!!!!؟؟؟