Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ނިރުބަވެރިންގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ހުށަހެޅި ޤަރާރު ބަލައިގެންފި

ނިރުބަވެރިންގެ ލިސްޓާއި  ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ހުށަހެޅި ޤަރާރު ބަލައިގެންފި

ރާއްޖޭގައި އައިއެސްއައިއެސް ޖަމާއަތާއި އަލްގައިދާ އަށް ތާއީދުކުރާ ޓެރަރިޒަމަށް ފަންޑުކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް އެމެރިކާ އިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ގެއްލުން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރު ބަލައިގެންފިއެވެ.

އެމެރިކާ ސަރުކާރުން ވަނީ އައިއެސްއައިއެސްއާއި އަލްގައިދާ ޖަމާއަތަށް ތާއީދުކުރާ އަދި ނިރުބަވެރި ކަމަށް ފަންޑު ކުރާ ކަމަށް ތުހުމަތު ކުރެވޭ 20 ދިވެއްސެއްގެ ނަމާއި އެ ފަރާތްތަކާއި ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށް އެ ފަރާތްތަކާއެކު މުޢާމަލާތް ކުރުމަކީ އެ މުޢާމަލާތްކުރާ ފަރާތްތަކާމެދު ވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމެއްކަން ކަނޑައަޅާފައެވެ.

އެގޮތުން މިކަމާއި ގުޅިގެން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި ވަނީ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެވެ.

Advertisement
HDC — Sidebar (box)

މި ޤަރާރު ބަލައިގެންފައި ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 37 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ވޯޓުންނެވެ.

ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ބުނީ މިފަދަ ކަންތައްތަކަކީ ރާއްޖެއަށާއި ދިވެހިންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އިޤްތިޞާދަށާއި ނަމަށް އަތުވެދާނެ ކިލަނބުކަން ބަލާ އެއިން މިންޖުވުމުގެ ފިޔަވަޅު އެޅުމުގެ މުހިންމުކަން ނާޒިމް ވަނީ ފާހަގަކޮށްފައެވެ.

ހަމަ އެހެންމެ އެ ކަމުގެ ނުރައްކާ ދިވެހި މުޖުތަމައުގައި އޮތް މިންވަރު ވަޒަންކޮށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ކުރެއްވުމަށް ނާޒިމް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ދިވެހީންނަށް ނޭދެވޭ އަސަރުކުރާނެ ނިންމުމެއް ކަމަށާއި އެހެންކަމުން ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ދިރާސާކުރުމަށްފަހު އޭގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް