ޚަބަރު

ޖޭޕީގެ ނައިބު ލީޑަރުކަމަށް ވާދަކުރަނީ ނިހާން، އަސްޢަދު، ޢަލީ ޞާލިޙް އަދި ސަޢީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަޤާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

Ads by STELCO

ފަސް ނައިބު ލީޑަރުން ތިއްބަވާ ޖުމްހޫރީ ޕާޓީން ނައިބު ލީޑަރެއްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި އިޤްބާލު އާދަމް އެޕާޓީން އިސްތިއުފާދެއްވުމުންނެވެ. އިޤްބާލަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިހާރުގެ މިނިސްޓަރެކެވެ.

ޖޭޕީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލެއްވީ، ޓުރިޒަމް މިނިސްޓަރުގެ ކުރީގެ ނައިބު އަސްޢަދު ރިޒާއާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން ޢަލީ ޞާލިޙްގެ އިތުރުން އެޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު ސަޢީދެވެ.

ޖުމްހޫރީ ޕާޓީން ބުނީ، ހުސްވެފައިވާ ނައިބުގެ މަޤާމަށާއި، ހުސްވެފައިވާ އެޕާޓީގެ އެހެން މަޤާމުތަކަށް ބޭފުޅުން އައްޔަންކުރުން މާދަމާ ކުރިއަށް ގެންދާނެކަމަށެވެ. މާދަމާ މެންދުރު ފަހު 14:00ގައި ބާއްވާ އެ އިންތިޚާބުގައި ވޯޓުލާނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންނެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ރަނިންމޭޓެއްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން އިބްރާހީމާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝަހުގެ އިތުރުން އެޕާޓީގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަޢުދެވެ.

  1. ބަލާށޭ

    އަސާސީ ބާވަތް ތައް އެތެރެ ކުރަން ހުރަހެއް ނެތެއް ނޫން ބުނެ އެކަން ނިންމާލުން އެއީ އެއްނޫން ސަރުކާރުން ކުރަންވީ ކަމަކީ ސަރުކާރުން ދަނެގަންނަން ޖެހޭ ކަމަކީ ރާއްޖެތެރޭގައި ހުރި ފަޅުރަށްތައް ދަނޑުވެރިކަން ކުރަން ނަމުގައި މިހާރު ދޫކުރާ އުސޫލުން އެކަން ނުކުރަން އަދި މާލެ ސަރަހައްދުން ފަޅުތައް ހިއްކާ ދަނޑުވެރިކަން އިމާރާތް ތައް އަޅައިގެން އެގްރޯ ޓެކްނޮލޮޖީގައި އެކަން ކުރަން އުޅޭ ބަޔަކަށް އިންޓަރގްރޭޓެޑް ޓޫރިޒަމް އާއި ވިޔާފާރި އާއި އެކު ދޫކޮށްލަންވީއޭ