ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރި އާރްޔަން ބުނަނީ އޭނާއަކީ މުސްލިމެއް ކަމަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ޚާންގެ ދޮށީ ފިރިހެންދަރި އާރްޔަން ޚާން އަކީ މުސްލިމެއް ކަމަށް، ޝާހުރުކްގެ އަންހެނުން ގޯރީޚާން ބުނެފިއެވެ.
ޝާހްރުކް އަކީ މުސްލިމަކަށްވެފައި އޭނާގެ އަންހެނުންނަކީ ހިންދޫ އަކަށްވުމުން، ދީން ބަދަލު ކުރަން ނުވިސްނަންތޯ ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓަރަކު ސުވާލު ކުރުމުން ގޯރީ ބުނީ، މުސްލިމަކަށް ވާން އޭނާ ދުވަހަކު ވެސް ވިސްނާފައި ނުވާ ކަމަށާއި އެހެން ނަމަވެސް އިސްލާމް ދީނަށް އިޙްތިރާމް ކުރާ ކަމަށެވެ.
ް
ޝާހްރުކް އާއި ގޯރީގެ ކައިވެނި 1991 ގައި ކޮށްފައިވާއިރު، ކައިވެނި ކުރުމުގެ ކުރިން ގޯރީ ގެ މައިންބަފައިން އެގުޅުމާއި ނުޤަބޫލު ކަމަށް ވެސް އޭނާ ބުންޏެވެ.
ގޯރީ ބުނީ އެދެމަފިރިންނަކީ ދެ ދީނެއްގެ މީހުން ކަމުގައި ވިޔަސް އެމީހުންގެ ދޮށީ ދަރިފުޅު އާރްޔަން ގިނައިން އުޅެނީ އޭނާގެ ބައްޕަ ޝާހްރުކް އުޅޭހެން ކަމަށާއި، އޭނާއަކީ މުސްލިމެއް ކަމުގައި ބުނާ ކަމަށް ވެސް ގޯރީ ބުންޏެވެ.
"އާރްޔަން އެއް ދުވަހު އައިސް އަހަރެން ކައިރީ ބުނި ތިމަންނާއަކީ މުސްލިމެކޭ. އަހަރެން އެކަމާއި ހައިރާންވި ސުވާލު ކުރިން އެއީ ކީއްވެތޯ. އާރްޔަން ބުނީ އެއީ ތެދުވެރި ދީން ކަމުގައިވާތީ ކަމަށް. ޝާހްރުކް ގެ ދީނަށް އަހަރެން އިޙްތިރާމް ކުރަން. އެހެންވެ އެކަމާއި އިދިކޮޅަށް ވެސް އެއްކޮޅަށް ވެސް އެއްޗެއް ނުބުނަން" ގޯރީ ބުނެފައިވެއެވެ.
ހިންދޫންނާ މުސްލިމުންނާއި ކައިވެނިކުރެވޭތޯއެވެ.
ނުވާނެ. ބަގަރާ ސޫރަތުގެ 221 ވަނަ އާޔަތަކީ ހެކި.
ހިންދޫއަކާއި މުސްލިމެއްގެކާވެނިސައްޙަނުވާނެ. ފޮތުގެއަހުލުވެރި އަންހެނުންނާ މުސްލިމުފިރިހެނުންގެކާވެނިސައްޙަވާނެ.
އިންޑިޔާގައި ހުރިހާކަމެއްވެސް ތަފާތުވާނެ އެހެންވީމަ ވާނީއެހެން