ޚަބަރު ސިޔާސީ

މަޖިލީހުގެ ކެމްޕެއިނަށް ޞާލިޙް ބ. އަތޮޅަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު، އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ބ. އަތޮޅަށް ވަޑައިގެންފިއެވެ.

Ads by STELCO

ޞާލިޙް މިވަގުތު ހުންނެވީ ބ.ދަރަވަންދޫގައެވެ. އެ ރަށުގައި ދޮރުން ދޮރަށް ހިންގެވުމަށްފަހު ދެން ވަޑައިގަންނަވާނީ ކެންދޫއަށެވެ. އެއަށްފަހު މާދަމާ ތުޅާދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެެ.

މި ދަތުރުފުޅުގައި ރ.އަތޮޅު އަދި ނ.އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ޞާލިޙް ވަޑައިގަންނަވާނެއެެވެ.

ޞާލިޙް ބ. އަޅުތަށް ވަޑައިގަންނަވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ބ. އަދި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިހާރު ވަނީ ފުރާވަޑައިގެންފައެވެ.

މި ދަތުރުފުޅަށް ފަހު ޞާލިޙް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެެ. ރައީސް މުއިއްޒު މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!