ޚަބަރު ސިޔާސީ

ޔާމީން މިނިވަން ނުކުރަން ސޯލިހު ގާތު ރައީސް މުއިއްޒު އެދުނު: މަލީހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޕީއެންއެފް އުފެއްދި ޖަލްސާ ބެއްވި ސަރަހައްދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރުމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން މިރޭ ބުނެފިއެވެ.

Ads by MWSC

އަލަށް އުފައްދާފައިވާ ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގެ ޔައުމިއްޔާއިން ރައީސް މުއިއްޒު، ރައީސް ސޯލިހު އަރިހު ވިދާޅުވެފައިވާކަން ވަރަށް ސާފުކޮށް ހާމަވެގެންދާނެ ކަމަށެވެ. އެހެންވެ އެ ޔައުމިއްޔާ އާއްމުކުރަން މަލީހު ވަނީ މި ސަރުކާރަށް ގޮވާލާފައެވެ.

 ...އޭރު އެކެއް އޮކްޓޫބަރު ގައި ރައީސް އިބޫ ކެބިނެޓްގެ ޔައުމިއްޔާ ހާމަކޮށްފިނަމަ، ރައީސް ވިދާޅުވަނީ މިއަދު ހެނދުނު ވަގުތުގައި މުއިއްޒު ތިމަންނައަށް ގުޅުއްވިޔޭ، ގުޅުއްވާފައި ވިދާޅުވިޔޭ ރައީސް ޔާމީން މިނިވަން ނުކުރާށޭ،. މިއީ އޭގައި އަކުރުން އަކުރަށް އޮންނާނެ ގޮތް، ތިމަންނަ ހަވާލުވުމަށް ފަހު ތިމަންނަ ކުރާނަމޭ،

ރައީސް މުއިއްޒު އެގޮތަށް ވާހަކަ ދެއްކީ އެ ރޭ ޕީޕީއެމް އޮފީސް ދޮށުގައި މުޒާހަރާ އޮތުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އެ މުޒާހަރާ ހުއްޓުވަން ރައީސް ''ޗެނަލް13'' އަށް ގުޅުއްވި ކަމަށްވެސް މަލީހު ތުހުމަތުކުރެއްވިއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދިޔަ ޔާމީން ގޭބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް އޮކްޓޯބަރު 28 ވަނަ ދުވަހު ލުއިތަކެއް ދީފައިވެއެވެ.

ކަރެކްޝަނަލް ސާވިސްއިން ޔާމީނަށް ހުއްދަ ދީފައިވަނީ ކަސްރަތު ކުރުމަށާއި ސިއްހީ ސަބަބުތަކަށާއި މުހިންމު ކަންކަމަށް މީހުންނާ ބައްދަލުކުރުމަށެވެ. އަދި  މާލެ ސަރަހައްދުގައި، ބޭރަށް ނުކުމުގެ ހުއްދަވެސް ދީފައިިވީ ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވުން އޮތީ މަނާކޮށްފައެވެ.

Ads by Ooredoo
  1. ބަދުނާމް

    ރައީސް މުއިއްޒު އާ ސޯލިހް ދައްކާ ވާހަކަ އިވެނީ ރިހަ މަލީހައްބާ؟

  2. އައްޔުބެ

    އޭނަޖަލަށްލައިފައެހުރީ ވަށްކަންކޮށްގެން އޭނަމިނިވަން ކުރަންޏާޖަލުގަތިބިއެންމެން މިނިވަންކުރަންޖެހޭނެ. މަވެސްމިއެދެނީއޭނަމިނިވަންކޮށްގެންނުވާނެ

  3. ޢަޒްރާ

    ތިވަރަށް ދޮގުހަދައިގެން ރައްޔިތުން ކައިރިއަށް ނާޏްނާތި މަލީހު

  4. އަބްދޫ

    ގާނޫނުއަސާސި އާއި ގާނޫނުގަ އޮތް އޮތުން ޔާމީނަށް މައާފަ ދީފިނަމަ ސިޔާސީ ހަޔާތް ނިމުމަކަށް އަންނާނެ.

  5. ދޮގުދޮލަނގު

    މަލީހަކީ ބޮޑު ދޮގުވެރިއެއް. މުއިއްޒު އެއީ ތިކަހަލަ ބީތާއެއްނޫން. ސޯލިހަށް ވަޒީރުންގެ މަޖިލީހުގަ ބުނެވިދާނެ ތިމަންނާއަށް އެމެރިކާގެ ރައީސް ވެސް އަންގައިފިޔޭ ޔާމީނި ދޫނުރާށޭ. ްެވާނެތަ ތެދަކަށް.؟ މިހާރު މަލީހަށް ސޯލިހަކީ ތެދު ވެރިއަކަށްވެއްޖެ. ވަޒީފާއި ް ވަކިކުރި ދުވަހު ބުނި އެއީ ބޅ ކޭ.