Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުލެޓް ލިސްޓަށް އުނިއިތުރެއް ނުގެނެސް ހަވާލުކުރަން މަޖިލީހުން އަންގައިފި

ފުލެޓް ލިސްޓަށް އުނިއިތުރެއް ނުގެނެސް ހަވާލުކުރަން މަޖިލީހުން އަންގައިފި

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަމަށް ކަނޑައެޅި ފަރާތްތަކުގެ ލިސްޓަށް އުނި އިތުރެއް ނުގެނެސް، އެ ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި މައްސަލަ އެގޮތަށް ފާސްކޮށްފައިވަނީ މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 29 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. އެ މައްސަލައާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

މިގޮތަށް ފާސްކުރީ ފްލެޓްތަކާ ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް، ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.

Advertisement
Ooredoo — Truecaller (box)

އެ ރިޕޯޓުގައި ފާހަގަކޮށްފައިވަ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ވަނީ ލަސްވެފައެވެ. އަދި ފުލެޓުތައް ހަވާލުކުރުން ލަސްވުމާ ގުޅިގެން އާންމުން ކަންބޮޑުވާކަމާއި، ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފައި އޮތުމުން އެ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމަށާއި ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މަޖިލީހުން މިފަދަ މައްސަލައެއް ފާސްކޮށް، ސަރުކާރަށް އަންގާފައިވަނީ މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ހަވާލުކުރި ފަރާތްތަކުގެ ލިސްޓުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައި އެ ލިސްޓުތައް މުރަޖަޢާ ކުރަން ފެށުމާ ގުޅިގެންނެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ފްލެޓް ލިބޭ މީހުންގެ ޝަރުތުތައް ކަނޑައެޅީ ކުރީ ސަރުކާރުން ކަމަށާއި ނަމަވެސް ފްލެޓް ލިސްޓް އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

https://dhen.mv/220076

ލިސްޓުތައް ރިވިއުކުރުމުގެ މަސައްކަތަށް ސަރުކާރުގެ ނުފޫޒެއް ނުވަންނާނެ ކަމަށާއި ބޯހިޔާވަހިކަމުގެ ކަންތައް ބެލުމަށް ކަނޑައަޅާފައިވަނީ މިނިވަން މުސްތަގިއްލު ކޮމެޓީ އެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް