ޚަބަރު

އަޅުގަނޑު ދެނެއް ރާއްޖޭގެ ރައީސްކަން ކުރާކަށް ނޭދެން: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ރައީސްކަން ކުރައްވަން ދެން ނޭދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގައި ތިން އަހަރު ވެރިކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީން ސިލްސިލާކޮށް ނެރުއްވާ ޚަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ މިނިސްޓަރަކާއި ގުޅޭގޮތުން ނުރުހުން ފާޅުކުރަނީ ވެރިކަމުގެ އިތުރު އުންމީދަކާއެކުގައެއް ނޫން ކަމުގައެވެ.

"އަޅުގަނޑު ރައީސް ޞާލިޙުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރަމެވެ. ރައީސް ޞާލިޙުގެ ސަރުކާރަަށް ކުޑަނަމަވެސް ހީނަރުކަމެއް އައުމަށް އަޅުގަނޑު ނޭދެމެވެ. ރައީސް ގެ ވަޒީރަކާއި ގުޅޭގޮތުން އަޅުގަނޑު ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ރައީސް އަށްވެސް އެކަން އެނގި ވަޑައިގަންނަވާނެއެވެ. ރައީސްގެ މިނިސްޓަރަކާއި ގުޅޭގޮތުން އަޅުގަނޑު ނުރުހުން ފާޅު ކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާއެކުއެއް ނޫނެވެ. އަޅުގަނޑެއް ދެނަކު ރާއްޖޭގެ ވެރިކަމެއް ކުރުމަކަށް ނުއެދެމެވެ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުމަށް ކަމުގައެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެމަނިކުފާނު އެދޭ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމެވެ. ރައީސް ޞާލިޙުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެން ނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ." ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

Ads by HDC
  1. ޑޮންޑޮން

    އަހަހަހަހަހާ….ތިއީ ހަމަ ޑޮންޑޮން ފުޅިއެއް ބޯލުންފަދަ ކަމެއް….ރައްޔިތުން ގުބޯ ހައްދަން އުޅުން ތިޔަކަމަކީ…

  2. މަާނައަކީީ ދެންް އުޅޭނީީ ވެރިކަންް ހޯދާށޭ