ޚަބަރު

"ޕާޓީ ލީޑަރުންނަށް ހަޖޫ ޖަހައިގެން ފިޔަވަޅު އެޅިއިރު، ރަސޫލާ (ޞޢޥ) އަށް ހަޖޫޖެހި އެމްޑީއެން ދިފާޢު ކުރީވެސް އެމްޑީޕީ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްޑީޕީގެ ލީޑަރުންނަަށް މިއަދު ހަޖޫ ޖަހައިގެން އެކަމާއި ފިޔަވަޅު އެޅިއިރު، އަހަރުމެންގެ ދީނާއި ރަސޫލާ (ޞޢޥ) އަށް ހަޖޫޖެހި އެމްޑީއެން ދިފާޢު ކުރީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދުގެ ހޫނު ރައްދެއް ސަރުކާރު ހިންގާ މައި ޕާޓީ އަށް އަމާޒު ކޮށްފިއެވެ.

Ads by Hajj Corporation

އެމްޑީޕީ އަށް އެޑްރެސްކޮށް ޝެއިޚް ޒައިދު ކުރެއްވި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މިއަދު ވަކި މީހެއް ކާޓޫނު ކުރަހާލި ކަމަށް ޓަކައި އެކަން ހަޖަމް ނުވެގެން ވަގުތުން ފިޔަވަޅު އެޅިއިރު އަހަރުމެންގެ ދީނާއި، އަހަރުމެންގެ ރަސޫލާ (ޞޢޥ) އާއި ކުޅެން އަހަރުމެންނަށް ހަޖަމް ވާނެތޯ" އެވެ. އަދި ލާދީނީ "އެމްޑީއެން އިން ދީނަށް ގޮންޖެހިއިރު ތިޔަ ސެކްރެޓޭރިއަޓުން އެކަން ދިފާޢު ވެސް ކުރި" ކަމަށް ވެސް ޝެއިޚް ޒައިދު ވިދާޅުވެފައިވެއެވެ.

 

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ ގެ އިސްވެރިންގެ ކާޓުނު ކުރެހި މައްސަލައިގައި އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި މެމްބަރުކަމުން ޝުޢައިބު ޢަލީ ސަސްޕެންޑު ކުރުމާއި ގުޅިގެންނެވެ.

އެމައްސަލައިގައި ޝުޢައިބު ސަސްޕެންޑު ކުރައްވައިފިކަން ހާމަކުރައްވަމުން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ނަޝީދަށް ހަޖޫ ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވީޑިއޯއެއް ވެސް ހިމަނާފައެވެ.

އިސްލާމްދީނާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން އެޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލާ ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވި މެޖިސްޓްރޭޓަކަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިމަހުގެ 15 ވަނަ ދުވަހު ނަސޭޙަތް ދީފައެވެ. އިސްލާމްދީނާއި އިދިކޮޅު އެމްޑީއެން އާއި ދެކޮޅަށް އަޑުއުފުލުމަކީ ފަނޑިޔާރުންނާއި ޖޭއެސްސީ ގެ ވެސް ވާޖިބެއް ކަމުގައި އެއިރު ވެސް ޝެއިޚް ޒައިދު ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. ކުޑަކާށި

    ސެއިޚްމެންނަށް އެމް.ޑީ.ޕީ ނޭގޭތީ ދެރައީ ،މިވެރިކަންގެންނަން ގަދައަޅާ މަސައްކަތްކުރެއްވިއިރު އެކަންނޭގުނުކަން ދެރައީ ، ދެކުރާނެކަމެއްނެތް. …