ބާސާ އާއި ޔުވެންޓަސް ބައްދަލު ކުރާ މެޗުގައި ރޮނާލްޑޯ އަކަށް ނުކުޅެވޭނެ!

ދުނިޔޭގައި މިހާތަަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް އަނެއްކާ ވެސް ފައްސި ވެއްޖެއެވެ.
ބޭރުގެ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ރޮނާލްޑޯ އަނެއްކާ ވެސް ކޮވިޑަށް ފައްސިވުމާއެކު ކުރިއަށް އޮތް ހަފްތާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.
ރޮނާލްޑޯ އާއި މެސީ އަނެއްކާވެސް އެކުގައި ކުޅޭތަން ބަލާލުމަށް ކެތްމަދުވެފައި ތިބި ފޭނުންނަށް މިއީ ވަރަށް ހިތާމަވެރި ހަބަރެކެވެ. ފުޓްބޯޅައަށް ލޯބި ކުރާ އެތައް ބަޔަކު ތިބީ ދަނޑުމަތިން ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަން ބަލާލަން ނުހަނު ކެތްމަދުވެފައެެވެ.
ކޮވިޑް-19އަށް ރޮނާލްޑޯ ފައްސިވެފައިވާކަން ފުރަތަމަ ހާމަކުރީ 13 އޮކްޓޯބަރުގައެވެ. އޭގެ ފަހުން މިހާރު 9 ދުވަސްވެފައިވާއިރު ކޮވިޑް-19ގެ އަލާމާތްތައް އަދިވެސް އޭނާގެ ފަރާތުން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތިޔައީ އިޓަލީން ކުރުވާ ކަމެއް