ސިއްޙަތު

ހަކުރު ބައްޔާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑީ ކީއްވެ؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19ގެ ނުރައްކާ ބޮޑު ނުވަތަ ހައި ރިސްކު މީހުންގެ ތެރޭގައި ހިތުގެ ބަލިތައް ހުންނަ މީހުންނާއި ހަކުރު ބަލި ހުންނަ މީހުން ހިމެނެއެވެ. ކޮވިޑް-19 ގައި މަރުވާ މީހުންގެ ތެރޭގައި ވެސް މި ބަލިތައް ހުންނަ މީހުން ގިނަ ކަން ފާހަގަ ކޮށްލެވެއެވެ.

Ads by STELCO

ދާދި ފަހުން ކުރި ދިރާސާއެއްގައި ވަނީ ހަކުރުބައްޔާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑީ ކީއްވެކަން ހޯދާފައެވެ.

މި ދިރާސާއިން ދައްކާގޮތުގައި ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަސް ހަށިގަނޑަށް އިންފެކްޓު ކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކޮލެސްޓްރޯލްއެވެ. އެގޮތުން ދިރާސާވެރިން ބުނި ގޮތުގައި ކޮރޯނާ ވައިރަސް ކޮލެސްޓްރޯލް މޮލިކިއުލްތަކާއި ބައިންޑްވެ، ސެލް ރިސެޕްޓާ ތަކާއި ގުޅުމަށް ފަސޭހަ ކޮށްދެއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ސްޕައިކް ޕްރޮޓެއިން އާއި މޮލިކިއުލްތައް ގުޅި، ވައިރަސް އިންފެކްޓު ކުރާ އޭސް2 ރިސެޕްޓާ އާ ބޮންޑުވެއެވެ.

"ނޭޗާ މެޓަބޮލިޒަމް" ގައި ޝާއިއު ކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިތުގައި ބަލިތަކާއި ހަކުރު ބަލި ހުންނަ ފަރާތްތަކަކީ އެމީހުންގެ ހަށިގަނޑުގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް އެކުލެވޭ ބަޔަކަށް ވާތީ މި މީހުންގެ ހަށިގަނޑު ބައްޔަށް އިންފެކްޓު ކުރުމަށް ފަސޭހަވެ، ބަލީގެ ނުރައްކާ ބޮޑުވެއެވެ.

މީގެ ކުރިން އެންއެޗްއެސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހަކުރު ބަލި ހުންނަ މީހުން ކޮވިޑް-19 އިން މަރުވުމުގެ ފުރުސަތު ދެގުނަ އިތުރެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!