ޚަބަރު

700 މިލިއަން ރުފިޔާގެ ޚިޔާނާތްތެރިވި މީހަކަށް 11 އަހަރަކީ ކުޑަ އަދަދެއް: ޒައިދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަތް ސަތޭކަ މިލިއަން ރުފިޔާގެ ޚިޔާނާތެއްވި މީހަކަށް 11 އަހަރުގެ ޖަލު ހުކުމަކީ ކުޑަ އަދަދެއް ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޒައިދު މިހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް ޝަރީޢަތުގައި އިއުތިރާފުވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވުމާ ގުޅިގެންނެވެ.

މިކަމާނގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޒައިދު ވިދާޅުވެފައި ވަނީ 700 މިލިއަނަށް ޚިޔާނާތްތެރިވި މީހަކަށް 11 އަހަރަކީ ކުޑަ އަދަދެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

"މިއީ އަޅުގަނޑުގެ ރަޢުޔު، އެހެން ބޭފުޅުންގެ ރަޢުޔު ފަހަރެއްގައި ތަފާތު ވެދާނެ! އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ ކިތަންމެ އެއްބާރުލުމެއް ދިނަސް އެހާ އަދަބު ކުޑަ ވާން ޖެހޭ ސަބަބެއް" ޒައިދު ވިދާޅުވެފައިވެއެވެ.

ޒިޔަތުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި މިވަނީ ، އެއީ ދައުލަތުން ވެސް އެދިފައިވާ މުއްދަތަށް ވުމާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ 32 ދައުވާއެއް އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި މިމައްސަލައާ ގުޅޭގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ޒިޔަތު ވަނީ އެހުރިހާ ދައުވާއަކަށް ވެސް އިއުތިރާފު ވެފައެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރައެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެދައުވާތަކަށް އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

Ads by Ooredoo
  1. މުޙަންމަދު

    މި ހުރިހާ ދުވަހު ވާނުވާ ނޭނގި ރައްޔިތުންގެ މުދާ ލޫޓުވާލާފަ އޮތް ކަމެއް ކުރިޔަށް ގެންދެވި އެކަމުގައި ބައިވެރިވި އެންމެން ހާމަ ކޮށްދީ އެ ދިން އެއްބާރުލުމަކީ ޝުކުރުވެރި ވާން ޖެހޭ ކަމެއް ކަމުގައި ދެކެން.