ބޮލީވުޑް

އާލިއާ ބަޓް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އާލިއާ ބަޓް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާ ގޮތުގައި އާލިއާ ބަޓް އެޑްމިޓް ކޮށްފައިވަނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.އަދި ހަމަ އެދުވަހު އޭނާ ގެއަށް ފޮނުވާލާފައިވާއިރު އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައިި އޭނާ އެނދުމަތި ކޮށްފައި ވަނީ މާ ބޮޑަށް ވަރުބަލިކަން އިހްސާސްވާތީއެވެ. އަދި ހަމައެއާއެކު ވައިގެ އުނދަގޫތަކެއްވެ މޭ ނުބައިކޮށް ހޮޑުލަވާތީއެވެ.

ހޮސްޕިޓަލުގައި އެނދުމަތި ކުރި ނަމަވެސް ޖެހިގެން އައި ދުވަހު އާލިއާ ވަނީ ޝޫޓިންއަށް ގޮސްފައެވެ. އާލިއާ ބަޓް މިހާރު ދެފިލްމެއްގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެއީ ގަންގޫ ބާއީ ކަތިއަވާޑީ އަދި ބްރާހްމާސްތްުރާ އެވެ.

ދާދި ފަހުން ރަންބީރު ކަޕޫރާއި އޭނާގެ އާއިލާއާ އެކު މުންބާއީގައި އާލިއާ ވަނީ ޗުއްޓީ ހޭދަ ކޮށްފައެވެ. އަދި މި ޗުއްޓީގެ ތެރޭގަައި ނަގާފައިވާ އެތަކެއް ރީތި ފޮޓޯތަކެއް އާލިއާ ވަނީ އިންސްޓަގްރާމްގައި ދޫކޮށްލާފައެވެެ.

އާލިއާ ކަޕޫރަކީ ގިނަ ބައެއްގެ ހިތްތައް ކަތިލާފައިވާ މޮޅު އެކްޓްރެސްއެވެ. އޭނާގެ ފިލްމުތަކުގެ ތެރޭގައި ޓޫ ސްޓޭޓްސް، ސްޓޫޑެންޓް އޮފް ދަ އިޔާ އަދި ކަލަންކް ފަދަ ސުޕަރ ހިޓް ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

  1. ހަސް

    ދެންއާލިއާ ބަޓް އެޑްމިޓްކުރަންވީ ސަހަރާގަތަ؟

  2. ވައިގ ބައްޔަށް ބޭސްކުރަނ އާދ ބޭބ ގާތަށ!

  3. ާއާލިޔާ

    ކަލަންކް އަކީ ފްލޮޕް އެއް