ޚަބަރު

ޔޯގާއަކީ އިސްލާމްދީނުގައިވާ އެއްކައުވަންތަ ކަމުގެ އަސާސަށް ފުށުއަރާ ކަމެއް: ޒައިދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޔޯގާއަކީ އިސްލާމްދީނުގައިވާ އެއްކައުވަންތަކަމުގެ އަސާސަށް ފުށު އަރާ ކަމެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝެއިޚް ޒައިދު މިހެން ވިދާޅުވީ ލޮނުޒިޔާރަތް ޕާކުގައި ޔޯގާ ސެޝަންތަކެއް ފެށުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޔޯގާއަކީ ހަމައެކަނި ފިޒިކަލީ ކޮށްލާ ކަސްރަތެއް ނޫން ކަމަށެވެ. އަދި އޭގައި އިރަށް އަޅުކަން ކުރުމާއި އިސްލާމްދީނުގައި ވާ އެއްކައުވަންތަ ކަމުގެ އަސާސާއި، ފުށުއަރާ އެތަކެއް ބަސް ތަކާއެކު ކުރާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ކާފިރުން ކުރާ ހުރިހާ ކަމެއް އަދި މުސްލިމުންނަކަށް ކުރެވޭކަށް ނޯވެއެވެ." ޝެއިޚް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލާއި އިންޑިއަން ކަލްޗުރަލް ސެންޓަރާ ގުޅިގެން ކުރިއަށް ގެންދާ ޔޯގާ ސެޝަންތަކެއް ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު އަދި ހޯމަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

Ads by Allied Insurance
  1. ށުހާނާ

    ޔޯގާގައި ﷲގެ އެއްކައުވަންތަ ކަން ހިތްމައްޗަށްގެނެސް ހިމޭންވެ ދުޢާކުރެވިދާނެ. ޒައިދު އެވެ. ކާފިރުން އުފައްދާ ނަންދީފަހުރި ތަކެތި މުސްލިމަކަށް ބޭނުންނުކުރެވޭނެ. ފޯނާއި ލެޕްޓޮޕް މިއީ އެއުރެން މުސްލިމުން މަގުފުރައްދަން ހެދިތަކެތި. ޥާގޮތަކީ ބަޔަކަށް ކަލޭމެންގެ ހުއްދަނެތި ކަރުކެހިލަންވެސް ނޯންނަކަން. މިސަބަބާހުރެ އަލްމާނިއްޔަ ފިކުރު އުފަންވީ.