ޑޭޓަކަށް ތައްޔާރު ކަމަށް ބުނެ އާލިއާ ހިއްސާކުރި ފޮޓޯގެ ފަހަތުން ފެންނަނީ ރަންބީރުގެ އަލަމާރި
މަޝްހޫރު ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓް ޑޭޓަކަށް ދާން އުޅޭ ކަމަށް ބުނެ ނަގައިފައިވާ ފޮޓޯއެއްގެ ފަހަތުގައި ރަންބީރުގެ އަލަމާރި އަރާފައި ވުމުން އާންމުން އެކަމާ ފާޑު ކިޔައިފިއެވެ.
އާލިއާ ބަޓް ވަނީ މީގެ ހަފްތާއެއް ކުރިން ރަންބީރު ކަޕޫރާއެކު ހިތްހަމަ ޖައްސާ މަޖާ ކޮށްލުމަށްޓަކައި ދިއްލީ އަށް ވެސް ގޮސްފައެވެ. އަދި އެއަށް ފަހު މިދިޔަ އާދިއްތަ ދުވަހު އާލިއާ ވަނީ އަމިއްލަ ފޮޓޯއެއް ނަގައި އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ. އަދި ޑޭޓަކަށް ދާން އުޅޭކަމުގައި ކެޕްޝަން ކޮށްފައި ވެއެވެ.
ލޯގަނޑެއް ކުރިމަތީގައި ހުރެ އާލިއާ ނެގި މި ފޮޓޯގައި ރަންބީރުގެ އަންނައުނު އަޅާ އަލަމާރި ފެނުމުގެ ސަބަބުން ގިނަ އާންމުންނެއް ވަނީ އެކަމާ ފާޑުކިޔާފައެވެ.
ރަންބީރާއި އާލިއާ އަކީ ވެސް ބޮލީވުޑުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މޮޅު ދެ ފަންނާނުންނެވެ.
އެއީ އަހަރުން ކޮޓަރި އަލަމާރި.. ނޭނގުނެއްނު